ބީޗް ވޮލީ މުބާރާތުގެ ފައިނަލުގައި މައިލޯ ސިޓީއާ ޔުނައިޓެޑް މައިލޯގެ ކުރިމަތިލުމެއް
ވީއޭއެމް ބީޗް ވޮލީ ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި އައްޑޫ ސިޓީއަށް ނިސްބަތްވާ ދެ ކްލަބު ކަމަށްވާ، މައިލޯ ސިޓީ ސްޕޯޓްސް ކްލަބާއި ޔުނައިޓެޑް މައިލޯ ބައްދަލުކުރާން ޖެހިއްޖެއެވެ.
މި މުބާރާތުގެ ވިނާސް ބްރެކެޓުގައި މީގެކުރީން މި ދެ ޓީމު ބައްދަލުކުރި މެޗު ކާމިޔާބުކޮށްފައިވަނީ ޔުނައިޓެޑް މައިލޯއެވެ. މިއާއެކު، އެ ޓީމުން ފައިނަލަށް ދަތުރުކުރީ ސައްތައިން ސައްތައިގެ ރެކޯޑަކާއެކުއެވެ.
މައިލޯ ސިޓީން މުބާރާތުގެ ފައިނަލަށް ދަތުރުކުރީ މިއަދު ހަވީރު ކުޅުނު މެޗުގައި ބީޗް ބޭބީސް ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ.
މާލޭ ބީޗް ވޮލީ ކޯޓުގައި ކުރިއަށްދާ މުބާރާތުގައި ބީޗް ބޭބީސްގެ ފާތިމަތު ޒީނިޔާއާއި މާޔާ ޙުސައިން ސޮލާހުގެ ޕެއާ އަތުން މައިލޯ ސްޕޯޓްސްގެ ހައްވާ ރާޝިދާ (ހައްވަ) އާއި އައިޝަތު މާޖިދާ މޮޅުވީ 21-11 އަދި 21-16އިންނެވެ.
މުބާރާތުގެ ފައިނަލްގައި މައިލޯ ސިޓީއާ ޔުނައިޓެޑް މައިލޯ ބައްދަލުކުރާ މެޗު ފަށާނީ މިރޭ 8:40 ގައެވެ.