މާދަމާ ފަށާ ވީއޭއެމް ބީޗް ވޮލީ މުބާރާތުގައި މައިލޯ ސިޓީ ސްޕޯޓްސް އާއި ޔުނައިޓެޑް މައިލޯ ވާދަކުރަނީ

މި އަހަރުގެ މުބާރާތް ކުރިއަށްދާނީ މި މަހުގެ 9 އިން 12 ގެ ނިޔަލަށް

މައިލޯ ސިޓީ ސްޕޯޓްސް ކްލަބާއި ޔުނައިޓެޑް މައިލޯގެ ކުޅުންތެރިންނާ ޖާޒީ ހަވާލުކުރުމަށް ބޭއްވި އިވެންޓްގެ ތެރެއިން. ފޮޓޯ: މައިލޯ ސްޕޯޓްސް ކްލަބް
މައިލޯ ސިޓީ ސްޕޯޓްސް ކްލަބާއި ޔުނައިޓެޑް މައިލޯގެ ކުޅުންތެރިންނާ ޖާޒީ ހަވާލުކުރުމަށް ބޭއްވި އިވެންޓްގެ ތެރެއިން. ފޮޓޯ: މައިލޯ ސްޕޯޓްސް ކްލަބް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ބާއްވާ ވީއޭއެމް ބީޗް ވޮލީ ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަނުގައި އައްޑޫ ސިޓީގެ މައިލޯ ސިޓީ ސްޕޯޓްސް ކްލަބާއި، ޔުނައިޓެޑް މައިލޯ ވާދަކުރާން ހަމަޖެހިއްޖެއެވެ.

މި އަހަރުގެ މުބާރާތް ކުރިއަށްދާނީ މި މަހުގެ 9 އިން 12 ގެ ނިޔަލަށެވެ. މިފަހަރުގެ މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މާލޭ ބީޗް ވޮލީ ކޯޓުގައެވެ.

ދާދިފަހުން ބޭއްވި އިވެންޓެއްގައި މުބާރާތުގައި ވާދަކުރާ މައިލޯ ސްޕޯޓްސް ކްލަބާއި ޔުނައިޓެޑް މައިލޯގެ ކުޅުންތެރިންނަށް ވަނީ ޖާޒީ ހަވާލުކޮށްދީފައެވެ.

މައިލޯ ސްޕޯޓްސްގައި ހިމެނެނީ ގައުމީ ވޮލީބޯޅަ ޓީމުގެ ވެސް ސީނިއާ ދެ ކުޅުންތެރިން ކަމަށްވާ، ހައްވާ ރާޝިދާ (ހައްވަ) އާއި އައިޝަތު މާޖިދާއެވެ. މި ޓީމުގެ ކެޕްޓަނަކީ މާޖިދާއެވެ. ގައުމީ ވޮލީ ޓީމުގައި ހިމެނޭ އައިޝަތު އަރީޝާގެ ކެޕްޓަންކަމުގައި ކުޅޭ ޔުނައިޓެޑް މައިލޯގައި ދެން ހިމެނެނީ ފާތިމަތު އަނާލްއެވެ.

މި މުބާރާތުގެ އަންހެން ޑިވިޝަނުގައި ބައިވެރިވެފައިވަނީ 13 ޓީމެވެ. އެއީ؛ މައިލޯ ސްޕޯޓްސް ކްލަބާއި ޔުނައިޓެޑް މައިލޯގެ އިތުރުން ލައިކަން، ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ޓީމް މިޑްލް ބްލޮކަރސް، ރިލީސް، ކޫލް، މައީ އެންޑް ފްރެންޑް، ބީޗް ބަސްޓާސް، ބީޗް ބޭބީސް، ޕަވަރ ޕެއާ އާއި މިރަކްސްލް އަދި ވައިރާއެވެ.

އައްޑޫ ސިޓީއައްޑޫވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްވީއޭއެމްބީޗް ވޮލީ ޗެމްޕިއަންޝިޕްވީއޭއެމް ބީޗް ވޮލީ ޗެމްޕިއަންޝިޕްބީޗް ވޮލީމައިލޯ ސްޕޯޓްސް ކްލަބްޔުނައިޓެޑް މައިލޯ
ގުޅުންހުރި ޚަބަރު
ކޮމެންޓް 0