ހޮރުމުޒް ކަނޑުއޮޅީގެ ސަލާމަތީ ކަންކަން އަލުން ގާއިމުކުރެވޭނީ ޝަރުތުތަކަށް އެއްބަސްވެގެން: އީރާން

އެމެރިކާއިން ވައުދުތައް ފުއްދައި އީރާނުގެ ޝަރުތުތައް ފުރިހަމަކޮށްފި ނަމަ، ކުރު މުއްދަތެއްގެ ތެރޭގައި ސަލާމަތީ ކަންކަން ހަމަޖެހޭނެ ކަމަށް ބަޤާއީ ވިދާޅުވި.

އީރާނުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަޤާއީ.
އީރާނުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަޤާއީ.

ހޮރުމުޒް ކަނޑުއޮޅީގެ ސަލާމަތީ ކަންކަން އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އަލުން ގާއިމުކުރެވިދާނެ ކަމަށް އީރާނުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަޤާއީ ވިދާޅުވެއްޖެއެވެ. 

އޭނާ ވިދާޅުވި ގޮތުގައި، އެކަން އެގޮތަށް ހާސިލުކުރެވޭނީ އެމެރިކާއިން އެ ގައުމުން ވެފައިވާ ވައުދުތައް ފުއްދައި، އީރާނުން ކަނޑައަޅާފައިވާ ޝަރުތުތަކަށް އެއްބަސްވެގެންނެވެ.

އީރާނުގެ ހަބަރު ފަތުރާ އިދާރާ ކަމަށްވާ އިރްނާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ގައުމުން ކަނޑައަޅާފައިވާ ޝަރުތުތައް ދެމެހެއްޓުމުގައި އީރާން ދެމިއޮތީ ވަރަށް ސާބިތުކަމާއެކުގައެވެ. އަދި އީރާނުގެ ވައުދުތައް ފުއްދުމަށާއި، އެ ގައުމުގެ ހައްގުތައް ހިމާޔަތްކުރުމަށް ވެސް ސީރިއަސްކަމާއެކު މަސައްކަތްކުރަމުންދާ ކަމަށް ބަޤާއީ ވިދާޅުވިއެވެ.

މީގެ އިތުރުން، އެމެރިކާގެ ފަރާތުން އެ ގައުމުގެ ވައުދުތައް ފުއްދައިފި ނަމަ، ހޮރުމުޒް ކަނޑުއޮޅިއާއި މުޅި އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ވެސް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އަލުން ގާއިމުކުރެވޭނެ ކަމަށް ބަޤާއީ ފާހަގަކުރެއްވިއެވެ. ނަމަވެސް، އޭގެ މާނައަކީ މި މައްސަލައިގެ ވަށައިގެންވާ އުނދަގޫ ކަންކަމަށް އަޅާނުލައި ދޫކޮށްލުން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. 

އަދި އެމެރިކާއާއެކު ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކަނޑައަޅާފައިވާ މި ޝަރުތުތަކުން، އެއްވެސް ހާލަތެއްގައި އީރާނުން ފަހަތަށް ނުޖެހޭނެ ކަމަށް ވެސް ބަޤާއީ ތަކުރާރުކުރެއްވިއެވެ.

އީރާންއެމެރިކާހޮރުމުޒްހޮރުމުޒް ކަނޑުއޮޅި
ގުޅުންހުރި ޚަބަރު
ކޮމެންޓް 0