ލިންކްރޯޑް މުޒާހަރާ އަކީ ބޭކާރު ކަމެއް، އެއީ ކައުންސިލް އަޑީގައި އޮވެގެން ކުރިކަމެއް: އައިބީ
އައްޑޫ ސިޓީ ލިންކް ރޯޑުގެ މައްސަލައިގައި، ހުކުރު ދުވަހު ކުރި މުޒާހަރާއަކީ އައްޑޫ ސިޓީ ކައުންސިލް އަޑީގައި އޮވެގެން ކުރި ކަމެއް ކަމަށް ފޭދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.
އައްޑޫއަށް ނިސްބަތްވާ ޕީއެންސީ މެންބަރުންގެ ތެރެއިން އެންމެ ސީނިއަރ އެއް މަޖިލިސް މެންބަރު ކަމުގައިވާ އައިބީ މިހެން ވިދާޅުވީ މިއަދު އައްޑޫޕްލަސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އައިބީ ވިދާޅުވި ގޮތުގައި މުޒާހަރާކުރަން ފެށިއިރު، ލިންކް ރޯޑުގެ އަމަލީ މަސައްކަތް ވަނީ ފަށައިފައެވެ. އެހެންކަމުން މުޒާހަރާކުރުމަކީ ބޭކާރު ކަމެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. އައިބީ މިހެން ވިދާޅުވިއިރު، ލިންކްރޯޑުގެ މަސައްކަތް މިހާރު ހަވާލުކޮށްފައިވާ ޗައިނާގެ ރޯޓައިމް ކުންފުނިން ސާވޭ މަސައްކަތްތަކެއް އައްޑޫގައި ކުރިއަށް ގެންގޮސްފައިވެއެވެ.
އައިބީ ވަނީ ލިންކްރޯޑުގެ ހާލަތު ގޯސްވުމުގައި ކައުންސިލްގެ ޒިންމާއެއް ވެސް އޮތްކަން ފާހަގަކުރައްވާފައެވެ. އައިބީ ފާހަގަކުރެއްވި ގޮތުގައި ލިންކް ރޯޑު މިހާރު އޮތް ހާލަތަށް ދާން ޖެހުނީ ކައުންސިލަށް މަރާމާތު ނުކުރެވުމުގެ ސަބަބުންނެވެ. އައިބީގެ ވާހަކަ ނިންމަވާލައްވަމުން، އައްޑޫގެ ލިންކު ރޯޑުގެ މަސައްކަތް ރަނގަޅަށް ކުރިއަށްދާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
ލިންކްރޯޑު މައްސަލައިގައި ބޭއްވި މުޒާހަރާގައި ކައުންސިލުން ބައިވެރިވި ކަމަށް އައިބީ ވިދާޅުވިއިރު އިއްޔެގެ މުޒާހަރާގައި އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝުއާއު އާއި މަރަދޫގެ ކުރީގެ ކައުންސިލަރު ނާދިރު އަދި މަރަދޫއަށް ނިސްބަތްވެވަަޑައިގަންނަވާ މެންބަރު ދީދީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އައިބީގެ އިތުރުން ހިތަދޫގައި ހުންނަ ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސައިން ރަޝީދު ވެސް ވަނީ ލިންކްރޯޑާއި ގުޅޭގޮތުން ކުރި މުޒާހަރާއަކީ ސަމާލުކަން ހޯދުމަށް ކުރާ ކަމެއް ކަމުގައި ބުނެފައެވެ.
'ބެރިކޭޑް' ނަމުގައި ބޭއްވި އިއްޔެ ބޭއްވި މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވީ ޒުވާނުންނެވެ. އޭގެ ތެރޭގައި ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތް ނުވާ ޒުވާނުން ވެސް ހިމެނެއެވެ. އިއްޔެގެ މުޒާހަރާގައި ޒުވާނުން މައިގަނޑު ގޮތެއްގައި ގޮވާލާފައި ވަނީ ލިންކްރޯޑުގެ މަސައްކަތް އަވަސްކުރުމަށެވެ.
ލިންކްރޯޑާގުޅޭ ސަމާލުކަން ހޯދަން އުޅެނީ. ކުރިނ ްޥީޑިއޯ ހެދި އެއީ މިހާރު އެއީ އެމްޑީޕީ ކެންޑިޑޭޓެއް. ދެން މިވަރަށޤ މިކަން ސިޔާސީ ވާނީ.
ބަޔަކު ރުޅިއަޔަސް އައިބީ ވިދާޅުވީ ތެދު ވާހަކައެއް. މިއީ ނިޒާރުގެ ކަންތައް