މުޒާހަރާކުރަން ނިންމާފައި ވަނިކޮށް، ލިންކް ރޯޑުގެ ވަޅުތަކަށް ސިމެންތި އަޅަން ފަށައިފި

ލިންކް ރޯޑް މައްސަލައިގައި ހުކުރު ދުވަހު އައްޑޫގެ ޒުވާނުން މުޒާހަރާއެއް ބާއްވާނެ.

މުޒާހަރާކުރަން ނިންމާފައި ވަނިކޮށް، ލިންކް ރޯޑުގެ ވަޅުތަކަށް ސިމެންތި އަޅަން ފަށައިފި

ލިންކް ރޯޑުގައި ފުން ވަޅުގަނޑު ހެދިފައިވާ ހިސާބުތަކުގައި ސިމެންތި އެޅުމުގެ މަސައްކަތް ފަށައިފިއެވެ. 

މި މަސައްކަތް ފަށައިފައި މިވަނީ ހުކުރު ދުވަހު ލިންކް ރޯޑު މަރާމާތުކުރުން ލަސްވާ މައްސަލައިގައި މުޒާހަރާއެއް ރާވާފައި ވަނިކޮށެވެ. 

ލިންކް ރޯޑުގެ މަގުގެ އެކި ހިސާބުތަކުގައި ހެދިފައިވާ ފުން ވަޅުގަނޑުތަކަށް ސިމެންތި އަޅަން ފެށީ ފޭދޫ އަވަށު އޮފީހުން އިސްނަގައިގެންނެވެ. މިއީ ސީދާ ފޭދޫގެ އެ އޮފީހުގެ ފަރާތުން ކުރިއަށް ގެންދާ މަސައްކަތެކެވެ.

މި މަސައްކަތާ ގުޅޭ ގޮތުން ފޭދޫ އަވަށު އޮފީހުން  މި މަސައްކަތްކުރުމުގެ ތެރޭގައި ދުއްވާ އުޅަނދުފަހަރަށް ދިމާވެދާނެ ދަތިތަކަށް މާފަށް އެދޭކަމަށް ބުނެފައެވެ. 

މީގެ އިތުރުން، ލިންކް ރޯޑުގައި ފުން ވަޅުގަނޑު ހެދިފައިވާ ހިސާބުތަކުގައި ސިމެންތި އެޅުމުގެ މި މަސައްކަތް ފޭދޫ އަވަށު އޮފީހުން ފަށާފައިވަނީ ޒުވާނުން މުޒާހަރާއަށް ގޮވާލާފައި ވަނިކޮށް ކަމަށް އެ ފަރާތުން ބުންޏެވެ.އައްޑޫގެ ޒުވާނުންތަކެއް ލިންކްރޯޑްގެ މައްސަލައިގައި މުޒާހަރާކުރާނެ ކަން އިއުލާންކޮށްފިއެވެ.

ޒުވާނުން އައްޑޫ ލިންކް ރޯޑުގެ މައްސަލައިގައި މުޒާހަރާކުރަން ނިންމައިފި ކަމަށް ފޭސްބުކްގައި ހިންގާ “މަބެނީ ތޯކޮބާ” ޕޭޖުގައި ވަނީ އިއުލާންކޮށްފައެވެ. އެ ޕޭޖުން މި މުޒާހަރާއަށް އިއުލާންކޮށްފައިވާއިރު، އައްޑޫގެ ގިނަ ޒުވާނުން ގެންދަނީ އައްޑޫ ލިންކް ރޯޑުގެ މައްސަލައިގައި ސޯޝަލް މީޑިޔާގައި ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ.

އައްޑޫ ސިޓީ ކައުންސިލްލިންކް ރޯޑްފޭދޫ
ގުޅުންހުރި ޚަބަރު
ކޮމެންޓް 0