ބްރޭކިންގކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ޝާހިދު ހައްޔަރުކޮށްފި

ނަސްރުގެ ދުވަހުގެ ތަހުނިޔާ ނައިބު ރައީސް ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ޙުސައިން މުޙައްމަދު ލަޠީފް. ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ޙުސައިން މުޙައްމަދު ލަޠީފް. ފޮޓޯ: ރައީސް އޮފީސް

މިއަދު ފާހަގަކުރަމުންދާ 38 ވަނަ ނަސްރުގެ ދުވަހުގެ ތަހުނިޔާ ނައިބު ރައީސް، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ފޮނުއްވައިފިއެވެ.

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖުގައި ނައިބު ރައީސް ވަނީ، ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވާފައެވެ.

"މި ޤައުމުގެ މިނިވަންކަމުގެ ދިފާއު ގައި ޝަހީދުވި ބަޠަލުންނަށް މާތްﷲ ސުވަރުގޭގެ މަތިވެރި ނިޢުމަތް ލައްވާށި!" ނައިބު ރައީސް ވިދާޅުވިއެވެ.

ނަސްރުގެ ދުވަސް ފާހަގަ ކުރަނީ ނޮވެންބަރު 3، 1988 ގައި ދިވެހި ގައުމަށް ލިބުނު މަތިވެރި ނަސްރުގެ ހަނދާން އައު ކުރުމުގެ ގޮތުންނެވެ.

ނައިބު ރައީސްރައީސުލްޖުމްހޫރިއްޔާގެ ނައިބުނަސްރުގެ ދުވަސް
ގުޅުންހުރި ޚަބަރު
ކޮމެންޓް 0