ނަސްރުގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު ފޮނުއްވައިފިއެވެ.
މި މުނާސަބަތާ ގުޅިގެން މީސްމީޑިއާގައި ފަސްޓް ލޭޑީ ހިއްސާކުރެއްވި މެސެޖުގައިވަނީ، ދިވެހި ގައުމުގެ ހައްގުގައި ޖިހާދުކުރެއްވި ހިތްވަރުގަދަ ބަތަލުންނާއި ޝަހީދުންގެ ޒިކުރާ އައުކޮށް ހެޔޮ ދުއާތައް ތަކުރާރު ކުރަމުން، ނަސްރުގެ ދުވަހުގެ ތަހުނިޔާއާއި މުބާރަކްބާދު އަރިސްކުރައްވާފައެވެ.





