އައްޑޫ ފޭދޫ ސްކޫލުގެ ސެން ޓީޗަރުން ހާއްސަ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކޮށްފި

ފޭދޫ ސްކޫލުގެ ސެން ޑިޕާޓްމަންޓްގެ ޓީޗަރުންނަށް ކުރިއަށްގެންދިޔަ ތަމްރީން ޕްރޮގްރާމުގެ ބައެއް ބައިވެރިން.
ފޭދޫ ސްކޫލުގެ ސެން ޑިޕާޓްމަންޓްގެ ޓީޗަރުންނަށް ކުރިއަށްގެންދިޔަ ތަމްރީން ޕްރޮގްރާމުގެ ބައެއް ބައިވެރިން.

އައްޑޫ ފޭދޫ ސްކޫލުގެ ސެން ޑިޕާޓްމަންޓްގެ މުދައްރިސުން އިންކްލޫސިވް އެޑިއުކޭޝަނާ ގުޅޭ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކޮށްފިއެވެ. 

ފޭދޫ ސްކޫލުން ބުނި ގޮތުގައި، އެ ސްކޫލުގެ އުގެނުމުގައި ހާއްސަ އެހީތެރިކަމަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭ މުދައްރިސުން ނުވަތަ ސެން ޓީޗަރުން ފުރިހަމަކޮށްފައިވަނީ އިންކްލޫސިވް އެޑިއުކޭޝަނާ ގުޅޭ 105 ގަޑިއިރުގެ އީޕީޑީޕީ-އީއައި ޕްރޮގްރާމެވެ.

މި ތަމްރީން ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލުމަށްފަހު އެ ސްކޫލުން ފާހަގަކުރި ގޮތުގައި، މި ޕްރޮގްރާމް ފުރިހަމަކުރުމަކީ މުދައްރިސުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް އެ ސްކޫލުން ދޭ އަހަންމިއްޔަތުކަން ދައްކުވައިދޭ ކަމެކެވެ. 

އަދި ކޮންމެ ކުއްޖަކަށް ވެސް ބައިވެރިވެވޭ ފަދަ، ހުރިހާ ކުދިން ޝާމިލުވާ އުނގެނުމުގެ މާހައުލެއް ގާއިމުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް މިކަމުގެ ސަބަބުން އިތުރު ބާރެއް ލިބިގެންދާ ކަމަށް ވެސް ފޭދޫ ސްކޫލުން ގަބޫލުކުރެއެވެ.

އައްޑޫ ސިޓީއައްޑޫއައްޑޫ ފޭދޫފޭދޫ ސްކޫލްސެން ޓީޗަރުން
ގުޅުންހުރި ޚަބަރު
ކޮމެންޓް 0