އެމްޑަބްލިއުއެސްސީގެ އެމްޑީ ފަހުމީ، އައްޑޫގައި ތިބި އެ ކުންފުނީގެ މުވައްޒަފުންނާ ބައްދަލުކުރައްވައިފި

އޮޕަރޭޝަންތައް ކުރިއަށްދާ ގޮތް ބައްލަވައިލައްވައި، މުވައްޒަފުންގެ ހިޔާލުތައް އަޑުއެއްސެވި

އެމްޑަބްލިއުއެސްސީގެ އެމްޑީ ފަހުމީ، އައްޑޫގައި ތިބި އެ ކުންފުނީގެ މުވައްޒަފުންނާ ބައްދަލުކުރައްވައިފި

މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިން ޑިރެކްޓަރު ޙުސައިން ފަހުމީ، އެ ކުންފުނީގެ އައްޑޫ ސިޓީގެ މުވައްޒަފުންނާ ބައްދަލުކުރައްވައިފިއެވެ.

އެމްޑަބްލިއުއެސްސީން މަޢުލޫމާތު ދެއްވި ގޮތުގައި، މި ބައްދަލުކުރެއްވުމަކީ އައްޑޫ ސިޓީގައި އެ ކުންފުނިން ހިންގަމުންދާ އޮޕަރޭޝަންތައް ބައްލަވާލެއްވުމަށާއި، އަމަލީ މައިދާނުގައި ހަރަކާތްތެރިވާ މުވައްޒަފުންނާ ގާތުން ބައްދަލުކުރެއްވުމުގެ މަގުސަދުގައި އެމްޑީ ފަހުމީ ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޭއްވުނު ބައްދަލުކުރެއްވުމެކެވެ.

މި ބައްދަލުކުރެއްވުމުގައި ކުންފުނީގެ އޮޕަރޭޝަނަލް އެކި ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. 

މީގެއިތުރުން، މަސައްކަތުގެ މާހައުލާ ގުޅޭގޮތުން މުވައްޒަފުންގެ ހުރި ކަންބޮޑުވުންތަކާއި ހިޔާލުތައް ސީދާ އެމްޑީ ފަހުމީއާ ހިއްސާކުރުމުގެ ފުރުސަތު މުވައްޒަފުންނަށް ލިބިގެންގޮސްފައިވެއެވެ.

ހަމައެއާއެކު، ރައްޔިތުންނަށް ފޯރުކޮށްދޭ ޔުޓިލިޓީ ހިދުމަތްތަކަކީ އިތުބާރު ހުރި، ދެމެހެއްޓެނިވި ހިދުމަތްތަކަކަށް ހެދުމަށްޓަކައި، ހުރިހާ މުވައްޒަފުން ވެސް އެއް ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފަހުމީގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

އައްޑޫ ސިޓީއައްޑޫއެމްޑަބްލިއުއެސްސީމާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ
ގުޅުންހުރި ޚަބަރު
ކޮމެންޓް 0