އެމްޓީސީސީން ކުރާ އައްޑޫގެ ކާގޯ ފެރީ ދަތުރުތައް ކޮންމެ ހޯމަ، ބުދަ އަދި ހޮނިހިރު ދުވަހަކު

އައްޑޫ ސިޓީ. ފޮޓޯ: ވޮއިސް
އައްޑޫ ސިޓީ. ފޮޓޯ: ވޮއިސް

އެމްޓީސީސީން ކުރާ އައްޑޫ ސިޓީގެ ކާގޯ ފެރީ ދަތުރުތައް ކުރިއަށްގެންދަނީ ހަފްތާގެ ތިން ދުވަސް ކަމަށްވާ، ހޯމަ، ބުދަ އަދި ހޮނިހިރު ދުވަހުގައެވެ.

އެމްޓީސީސީން މީސްމީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، މި ތިން ދުވަހު ވެސް އައްޑޫގައި ކުރިއަށްގެންދާ ކާގޯ ފެރީ ދަތުރުތައް ފަށާނީ ކޮންމެ ދުވަހެއްގެ ހެނދުނު 10:30 ގައި ކަމަށެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ނުވަތަ ޓެކްނިކަލް މައްސަލައަކާ ހުރެ ދަތުރުގެ ގަޑިތަކަށް ބަދަލު އައުން އެކަށީގެންވެއެވެ. އެންމެ ފަހުގެ މައުލޫމާތު އެމްޓީސީސީގެ ރަސްމީ ޝެޑިއުލް ޕޭޖުން ނުވަތަ އެ ކުންފުނީގެ ހޮޓްލައިން 1650 އަށް ގުޅުއްވައިގެން ސާފުކުރެއްވޭނެއެވެ.    

އައްޑޫ ސިޓީއައްޑޫއެމްޓީސީސީކާގޯ ފެރީ
ގުޅުންހުރި ޚަބަރު
ކޮމެންޓް 0