"ބަލަދު ބަންގި މުބާރާތް 2026" ގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

"ބަލަދު ބަންގި މުބާރާތް 2026" ގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

އިސްލާމީކަންތައްތަކާއި އައުގާފާ ބެހޭ ވުޒާރާއާއި އިސްލާމިކް ވަގުފް ފަންޑުގެ އެހީތެރިކަމާއެކު އަލް ބަލަދް ޖަމިއްޔާއިން އިންތިޒާމްކޮށްގެން ބޭއްވީ "ބަލަދް ބަންގި މުބާރާތް -1 (2026)" ގެ ވަނަތަކަށް ހޮވުނު ފަރާތްތަކަށް އިނާމުދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މި މުބާރާތް ކުރިއަށްދިޔައީ މި މަހުގެ 11 އިން 12 އަށެވެ.

ބަންގީގެ މާތް ޝަޢާރު ދިރުވައި، އަކުރު އަދާކުރުމުގެ ހަމަތަކުން ރީތި ރާގުތަކަށް ބަންގި ގޮވާނެ ހުނަރުވެރި ޒުވާން ޖީލެއް ބިނާކުރުމަށް ބޭއްވީ މުބާރާތް ކުރިއަށްގެންދިޔައީ 15 އަހަރުން ދަށާއި، 15 އާއި 25 އަހަރާ ދެމެދުގެ އުމުރުފުރާގެ މެދުގައެވެ.

މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ރަންވަނަތައް ހޯދީ ފަރާތްތަކަށް ފައިސާގެ އިނާމާއި، ހަނދާނީ ލިޔުމުގެ އިތުރުން ޓްރޮފީ ހަވާލުކޮށްދެއްވާފައިވަނީ ޝަރަފުވެރި މެހެމާން، އިސްލާމިކް ވަގުފް ފަންޑުގެ މެނޭޖަރ އަލްއުސްތާޛު މުޙައްމަދު ނައުޝީރެވެ. 

ބަލަދު ބަންގި ގޮވުމުގެ މުބާރާތުގެ ޝަރަފުވެރި އެއްވަނަ މަގާމުގެ އިތުރުން 15 އަހަރާއި 25 އަހަރާ ދެމެދުގެ އުމުރުފުރައިން އެއްވަނަ ހާސިލްކުރީ އަރީކް ހާދީ މުޙައްމަދެވެ. މުޅި މުބާރާތުގެ ދެވަނަ މަގާމަށް މުޙައްމަދު މަޞާފް މަސްޢޫދު ހޮވުނުއިރު، ތިންވަނައަށްދިޔައީ ޙުސައިން ޒަހުދާން ޞަލާހެވެ.

މުބާރާތުގެ ވަކިވަކި އުމުރުފުރާތަކުގެ ވަނަތަކަށް ބަލާއިރު، 15 އަހަރާއި 25 އަހަރާ ދެމެދު ދެވަނަ މަގާމަށް  މުޙައްމަދު މަޞާފް މަސްޢޫދު ހޮވުނުއިރު، ތިންވަނަ ލިބުނީ އަހުމަދު އުސައިމީން ޝަހީދުއަށެވެ.

10 އަހަރާއި 15 އަހަރާ ދެމެދުގެ އެއްވަނަ މަގާމަށް ޙުސައިން ޒަހުދާން ޞަލާހު ހޮވުނުއިރު، ދެވަނައަށްދިޔައީ  މުޙައްމަދު އަކިޔަސް އަސަދެވެ. އަދި ތިންވަނައަށް ހޮވުނީ އަހުމަދު އައިމަން ޞަފީޒެވެ.

މީގެއިތުރުން، ރޭގެ ރަސްމިއްޔާތުގައި ވަނީ މުބާރާތުގެ އެކި އުމުރުފުރާތަކުގެ ދެވަނަ ބުރުގައި ވާދަކުރި ފަރާތްތަކަށް ހަނދާނީ ލިޔުން ދީފައެވެ. މުބާރާތުގެ 10 އަހަރުން ދަށުގެ އެންމެ މޮޅު ފަސް ދަރިވަރުންގެ ތެރޭގައި ހިމެނުނީ؛ އަޔާން ޢަލީ ސަޢީދު، ރާއިމް ބިން ޢަލީ ސިޔާދު، އިބްރާހިމް މަޖުދާން ޢަބްދުލްމަޖީދު، އާޔަން ޢަލީ ސަޢީދު އާއި އިބާބް ބިން ޝަމްޢޫނެވެ.

މުބާރާތުގެ ދެވަނަ ބުރަށް 15 އަހަރުން ދަށުގެ ހަތް ދަރިވަރުން ދަތުރުކުރިއިރު، 25 އަހަރުން ދަށުގެ އުމުރުފުރައިން ވެސް ހަތް ދަރިވަރުން ދެވަނަ ބުރުގައި ވާދަކޮށްފައިވެއެވެ. މީގެތެރެއިން، 10 އަހަރާއި 15 އަހަރާ ދެމެދުގެ އުމުރުފުރައިން ގަދަ ހަތަރެއްގައި ހިމެނުނީ؛ މުޙައްމަދު ފާހިމް ފަހުމީ، އިބްރާހިމް މާސިން މަސްޢޫދު، އަލްޔާން ޠަލްހަތު އާއި ނާއިން ނަޞީރެވެ. 15 އަހަރާއި 25 އަހަރާ ދެމެދުގެ ގަދަ 3 ބައިވެރިންނަކީ؛ ޔޫސުފް ޙުސައިން، އަހުމަދު ދާނިޝް ޢަލީ އާއި މައާލް މުޚުތާރު ޙުސައިންއެވެ.

ބަލަދު ބަންގި ގޮވުމުގެ މުބާރާތަކީ އައްޑޫ ސިޓީގެ ދަރިވަރުންނާއި ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މުބާރާތެކެވެ.

މިދިޔަ ޖޫން މަހު އުފެދުނު އަލް ބަލަދު ޖަމިއްޔާއިން އަންނަނީ އައްޑޫ ސިޓީގެ ރައްޔިތުން ހޭލުންތެރިކުރުމަށާއި، އިސްލާމީ ތަރުބިއްޔާތު ފެތުރުމުގެ ގޮތުން އެ ސިޓީގައި ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދަމުންނެވެ.

އައްޑޫ ސިޓީއައްޑޫބަލަދު ބަންގި މުބާރާތް 2026ބަލަދު ޖަމިއްޔާއަލް ބަލަދު
ގުޅުންހުރި ޚަބަރު
ކޮމެންޓް 0