ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ހިތަދޫ މީހަކު ހޯދަނީ

އައްޑޫ ސިޓީ މަތިން ނަގާފައިވާ ފޮޓޯއެއް.
އައްޑޫ ސިޓީ މަތިން ނަގާފައިވާ ފޮޓޯއެއް.

ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބަހައްޓައިގެން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށް އައްޑޫ ހިތަދޫ މީހަކު ހޯދަމުންދާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

މި އަމުރާ ގުޅިގެން ހޯދަމުންދަނީ އަންދާޒާ / ސ. ހިތަދޫ، މުޙައްމަދު ނިޝާން (30އ) އެވެ.

މުޙައްމަދު ނިޝާން ހޯދަމުންދަނީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން 2026 ނޮވެންބަރު 22ވަނަ ދުވަހުގެ 11:00އަށް އެ ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

މުޙައްމަދު ނިޝާނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން އެދިފައިވެއެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ވަނީ ޝުކުރު އަދާކޮށްފައެވެ.

އައްޑޫ ސިޓީއައްޑޫއައްޑޫ ހިތަދޫފުލުހުންހިތަދޫކްރިމިނަލް ކޯޓް
ގުޅުންހުރި ޚަބަރު
ކޮމެންޓް 0