މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު އަހްމީމާއަށް

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު އަހްމީމާއަށް

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ސ. މީދޫ / މީނާޒް، ޑރ. އަހްމީމާ ލުޠުފީ ހާސިލްކުރައްވައިފިއެވެ.

ރޭ ބޭއްވި ޖުމްހޫރީ ދުވަހުގެ ޖަލްސާގައި އަހްމީމާއަށް އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

އަހްމީމާއަށް އެ އިނާމު ދެއްވާފައިވަނީ، މެލޭޝިއާގެ މެނޭޖްމަންޓް އެންޑް ސައިންސް ޔުނިވަރސިޓީއިން 2023 ވަނަ އަހަރު މެނޭޖްމަންޓް ބިޒްނަސްގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާތީ އާއި ޕީއެޗްޑީގައި ކުރެއްވި ދިރާސާގައި ބައިނަލްއަޤްވާމީ ޖާނަލް އެއްގައި ޕަބްލިޝް ކުރައްވާފައިވާތީއެވެ.

ޑރ. އަހްމީމާ މިހާރު ހުންނެވީ ސ. ފޭދޫ ސްކޫލުގެ ލީޑިންގ ޓީޗަރެއްގެ މަގާމުގައެވެ.

ހާއްސަ އިނާމަކީ، އިލްމާއި ހުނަރާއި، އުފެއްދުންތެރިކަމުގެ ރޮނގުން ހިތްވަރާއެކު ހޯދާ ކާމިޔާބީ، ގައުމީ ފެންވަރުގައި ވަޒަންކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމެކެވެ. މި އިނާމު ލިބޭ ފަރާތްތައް ހޮއްވަވަނީ، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވާފައިވާ ހާއްސަ އިނާމާބެހޭ ކޮމިޓީންނެވެ. ހާއްސަ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، މެޑެއްޔަކާއި ހަނދާނީ ލިޔުމެކެވެ.  

އައްޑޫ ސިޓީއައްޑޫއައްޑޫ މީދޫފޭދޫ ސްކޫލްމަތީ ދަރަޖަ ހޯދާ ފަރާތްތަކަށްދޭ ހާއްސަ އިނާމުއަހްމީމާ ލުޠުފީސ. މީދޫޖުމްހޫރި ދުވަހުގެ ރަސްމީ ޖަލްސާ
ގުޅުންހުރި ޚަބަރު
ކޮމެންޓް 0