"ނަލަ މަރަދޫ" ނަމުގައި ސާފުކުރުމުގެ ހަރަކާތެއް

މި ހަރަކާތް މިއަދުގެ ހެނދުނު 6:00 އިން ފެށިގެން ކުރިއަށްދާއިރު، ސާފު ކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދަނީ އެކި ގްރޫޕްތަކަށް ބަހާލައިގެން.

"ނަލަ މަރަދޫ" ގެ ނަމުގައި ކުރިއަށްގެންދިޔަ ސާފު ކުރުމުގެ ހަރަކާތުގެ ތެރެއިން. ފޮޓޯ: މަރަދޫ އަވަށު އޮފީސް
"ނަލަ މަރަދޫ" ގެ ނަމުގައި ކުރިއަށްގެންދިޔަ ސާފު ކުރުމުގެ ހަރަކާތުގެ ތެރެއިން. ފޮޓޯ: މަރަދޫ އަވަށު އޮފީސް

"ނަލަ މަރަދޫ" ގެ ނަމުގައި ސާފުކުރުމުގެ ހަރަކާތެއް އައްޑޫ މަރަދޫގައި މިއަދު ހެނދުނު ފަށައިފިއެވެ.

މިއީ މަރަދޫ އަވަށު އޮފީހާއި، އެ އަވަށުގެ ކްލަބް ޖަމިއްޔާތަކާއި، މުއައްސަސާތަކުގެ އިތުރުން ރަށުގެ ރައްޔިތުން ގުޅިގެން، ރަށުގެ ވެށި ސާފުތާހިރުކޮށް، ފެހިކަން އިތުރުކުރުމުގެ މަތިވެރި މަގުސަދުގައި ކުރިއަށްގެންދާ އިޖުތިމާއީ ހާއްސަ ހަރަކާތެއް ކަމުގައި މަރަދޫ އަވަށު އޮފީހުން މައުލޫމާތުދެއެވެ.

މި ހަރަކާތް މިއަދުގެ ހެނދުނު 6:00 އިން ފެށިގެން ކުރިއަށްދާއިރު، ސާފު ކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދަނީ އެކި ގްރޫޕްތަކަށް ބަހާލައިގެންނެވެ. 

މިހާރު މަރަދޫގައި ކުރިއަށްގެންދާ ސާފު ކުރުމުގެ ހަރަކާތުގެ ތެރެއިން ތަފާތު 8 ސަރަހައްދެއް ސާފުކޮށް، ރީތިކޮށް ބެލެހެއްޓުމަށް އިސްކަންދޭނެކަން އަވަށު އޮފީހުން ވަނީ ފާހަގަކޮށްފައެވެ.

މިހަރަކާތުގެ ތެރެއިން ސާފުކުރުމުގެ ޕްރޮގްރާމް އެންމެ ފުރަތަމަ ކުރިއަށްގެންގޮސްފައިވަނީ 2024ވަނަ އަހަރެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް  މަރަދޫ އަވަށު އޮފީހުން ވަނީ ޝުކުރު އަދާކޮށްފައެވެ.  

އައްޑޫ ސިޓީއައްޑޫމަރަދޫ އަވަށު އޮފީސްއައްޑޫ މަރަދޫ"ނަލަ މަރަދޫ"
ގުޅުންހުރި ޚަބަރު
ކޮމެންޓް 0