ދުނިޔޭގެ ހަކުރު ބަލީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރާފަޅާ އިސްރަށްވެހިންގެ ކޮމިއުނިޓީ އާއި އައްޑޫ މީދޫ ކައުންސިލް ގުޅިގެން ހާއްސަ ހަރަކާތެއް ކުރިއަށްގެންގޮސްފިއެވެ.
އިއްޔެ ކުރިއަށްގެންދިޔަ މި ހަރަކާތުގެ ތެރެއިން، ލޭ ޓެސްޓްކޮށް ދިނުމާއި، ހަކުރު ބައްޔާއި ބެހޭ މައުލޫމާތު ފޯރުކޮށްދީ، ގޭގައި ތިބެގެން ކުރެވިދާނެ ކަސްރަތާއި، މިންހެޔޮކޮށް ކެއުމުގެ ބާވަތްތައް ބޭނުންކުރާނެގޮތުގެ މައުލޫމާތު ދީފައިވެއެވެ.






