ހަކަތަ އިގުތިސާދު ކުރުމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ސެޝަނެއް ހެނދުނު 9 ޖަހާއިރު
ސްޓެލްކޯގެ ފަރާތުން އާންމުކޮށް ހުޅުވާލައިގެން ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަނެއްގައި ބައިވެރިވުމަށް އައްޑޫ މީދޫގެ ރައްޔިތުންނަށް އެ ކުންފުނިން ދައުވަތު ދީފިއެވެ.
މި ބައްދަލުވުން އޮންނާނީ ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 ގައި އައްޑޫ މީދޫ ކައުންސިލްގެ އިދާރާގައެވެ.
ސްޓެލްކޯ އިން ބުނީ، މި މައުލޫމާތު ސެޝަނުގައި ހަކަތަ އިގުތިސާދުކުރުމާ ގުޅޭގޮތުން އާންމުންނަށް މުހިންމު މައުލޫމާތު ފޯރުކޮށްދެވިގެންދާނެ ކަމަށެވެ.
މި ސެޝަނުގެ ބައިވެރިންނަށް ސުވާލުކުރުމާއި އެ ކުންފުނީގެ ޓީމާ ވާހަކަދެއްކުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.