މަރަދޫ ސްކޫލުގެ އެޑިއުކޭޓާ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް ފުރިހަމަކުރި ޓީޗަރުންނަށް ސެޓްފިކެޓް ދީފި
އައްޑޫ މަރަދޫ ސްކޫލުން ކުރިއަށްގެންދިޔަ "އެޑިއުކޭޓާ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް ފޯ އެކުއިޓީ އެންޑް އިންކްލޫޝަން" ފުރިހަމަކުރި ޓީޗަރުންނަށް ސެޓްފިކެޓް ދީފިއެވެ.
މިއީ މި މަހުގެ ފުރަތަމަ ދެ ހަފުތާގެ ތެރޭގައި އެ ސްކޫލުގެ ޓީޗަރުންނަށް ކުރިއަށްގެންދިޔަ ތަމްރީން ޕްރޮގްރާމެކެވެ.
މި ތަމްރީން ޕްރޮގްރާމް ފުރިހަމަކުރި ޓީޗަރުންނަށް ސެޓްފިކެޓްތައް ހަވާލުކޮށްފައިވަނީ އެންމެ ފަހުން ބޭއްވި ސެޝަން ބައްދަލުވުމުގައި މަރަދޫ ސްކޫލުގެ ޕްރިންސިޕަލް ހުސައިން މުސައްވިރެވެ.
މަރަދޫ ސްކޫލުން މައުލޫމާތުދިން ގޮތުގައި، މި މަހުގެ 15 ގެ ނިޔަލަށް އެ ސްކޫލުގެ 96.08 އިންސައްތަ ޓީޗަރުން ވަނީ ކާމިޔާބުކަމާއެކު މި ޕްރޮގްރާމް ފުރިހަމަކޮށްފައެވެ.
ސްކޫލުން ފާހަގަކުރި ގޮތުގައި، މިއީ ތައުލީމީ ދާއިރާއިން ފެންވަރު ރަނގަޅު ނަތީޖާއެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގައި ހާސިލުކުރެވުނު މުހިންމު ލަނޑުދަނޑިއެކެވެ.