މި މަހު 29 އިން ފެށިގެން ތެލެސީމިއާއަށް ފަރުވާ ހޯދުމަށް ފެރީއާއި ބަހުގައި ހިލޭ ދަތުކުރެވޭނެ: އެމްޓީސީސީ
މި ހިނގާ ނޮވެންބަރު މަހުގެ 29 ވާ އާދީއްތަ ދުވަހުން ފެށިގެން ތެލެސީމިއާއަށް ފަރުވާ ހޯދުމަށް އާރްޓީއެލް ފެރީއާއި ބަހުގައި ހިލޭ ދަތުރުކުރެވޭނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީން ބުނީ، މި ގޮތަށް ދަތުރުކުރެވޭނީ ތެލެސީމިއާއަށް ފަރުވާ ހޯދާކަން އަންގައިދޭ ކާޑު އޮންނަ ފަރާތްތަކަށް ކަމަށާއި، އަދި އެފަރާތްތަކުގެ އެހީތެރިއަކަށްވެސް އާރްޓީއެލް ފެރީއާއި ބަހުގައި ހިލޭ ދަތުރުކުރެވޭނެ ކަމަށެވެ.
މި ހިދުމަތާ ގުޅިގެން އިތުރު މައުލޫމާތު ހޯދުމަށް އެ ކުންފުނީގެ ހޮޓްލައިން 1650 ނުވަތަ 7369221 ނަންބަރަށް ގުޅުމަށް އެމްޓީސީސީން ވަނީ އެދިފައެވެ.
ރާއްޖޭގައި ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން އެމްޓީސީސީގެ އަމާޒަކީ މުޖުތަމައުގެ ހުރިހާ ފަރުދުންނަށްވެސް ލުއިފަސޭހަކަމާ އެކު ބޭނުންކުރެވޭ ފަދަ ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދިނުން ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.