އެމްޑަބްލިއުއެސްސީގެ އީ-ޕޯޓަލް މިހާރު އީފާސް އިން ލޮގިންވެވޭނޭ

ވަންގަވް ޕްލެޓްފޯމާއި އީފާސްއާ ގުޅުވާލާފައިވާ މި ޕޯޓަލް ބޭނުންކުރަން ފަށަނީ ނޮވެންބަރު 29 އިން ފެށިގެން.

އެމްޑަބްލިއުއެސްސީ ކަސްޓަމަރ ސަރވިސް ބިލްޑިންގ. --ފޮޓޯ: ދަ މޯލްޑިވްސް ޖާނަލް
އެމްޑަބްލިއުއެސްސީ ކަސްޓަމަރ ސަރވިސް ބިލްޑިންގ. --ފޮޓޯ: ދަ މޯލްޑިވްސް ޖާނަލް

އީފާސް މެދުވެރިކޮށް ލޮގިންވެވޭ ގޮތަށް އާ ފީޗާތައް ހިމަނައި، މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ ކަސްޓަމަރ އީ-ޕޯޓަލް އަލުން ލޯންޗުކޮށްފިއެވެ. 

އެމްޑަބްލިއުއެސްސީން ބުނި ގޮތުގައި، 29 ނޮވެންބަރު 2026 އިން ފެށިގެން ކަސްޓަމަރުންނަށް މި ޕޯޓަލް ބޭނުންކޮށް، އީފާސް މެދުވެރިކޮށް ލޮގިންވެވޭނެއެވެ.

ސަރުކާރުގެ ވަންގަވް ޕްލެޓްފޯމާއި އީފާސް ބޭނުންކޮށްގެން ހިދުމަތް ދިނުން ހަރުދަނާކުރުމަށާއި، އޮންލައިންކޮށް ފަސޭހަކަމާއެކު ހިދުމަތްތައް ލިބޭނެ މަގު ފަހިކޮށްދިނުމަކީ މި ބަދަލުގެ މައިގަނޑު މަގުސަދު ކަމަށް އެ ކުންފުނިން ބުންޏެވެ. 

އާ ޕޯޓަލަށް ވަނުމަށް ކަސްޓަމަރުން އީފާސް އެކައުންޓެއް ބޭނުންކުރަންޖެހޭ ގޮތަށް ހަމަޖައްސާފައިވާއިރު، އެ ނިޒާމުގެ ތެރެއިން އަމިއްލަ ޕްރޮފައިލެއް ހެދުމަށްފަހު ރައްކާތެރިކަމާއެކު އެ ކުންފުނީގެ ތަފާތު ހިދުމަތްތަކަށް އެދި ހުށަހެޅޭނެއެވެ.

މީގެ އިތުރުން، އާ ޕޯޓަލް މެދުވެރިކޮށް ހިދުމަތްތަކަށް އެދޭނެ ގޮތާއި ޕޯޓަލް ބޭނުންކުރާނެ ގޮތް ކިޔައިދޭ ހާއްސަ ޓިއުޓޯރިއަލް ވީޑިއޯތައް އެ ކުންފުނީގެ ސޯޝަލް މީޑިއާ ޗެނެލްތައް މެދުވެރިކޮށް އާންމުކުރާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފައިވެއެވެ. 

އަދި ޕޯޓަލް ބޭނުންކުރުމުގައި އެއްވެސް ދައްޗެއް ކުރިމަތިވެއްޖެ ނަމަ ނުވަތަ އިތުރު މައުލޫމާތު ބޭނުންވާ ނަމަ، އެ ކުންފުނީގެ ހޮޓްލައިން ނަންބަރު 1575 އަށް ގުޅައިގެން އެހީތެރިކަން ލިބޭނެ ކަމަށްވެސް އެ ކުންފުނިން ފާހަގަކުރިއެވެ.

އެމްޑަބްލިއުއެސްސީން ބުނީ އެ ކުންފުނީގެ އަމާޒަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކަސްޓަމަރުންނަށް އަވަސް އަދި އިތުބާރުހުރި ހިދުމަތެއް އަބަދުވެސް ފޯރުކޮށްދިނުން ކަމަށެވެ.

އެމްޑަބްލިއުއެސްސީމާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ
ގުޅުންހުރި ޚަބަރު
ކޮމެންޓް 0