އެމްޑަބްލިއުއެސްސީ އައްޑޫ ކަސްޓަމަރުންގެ މައުލޫމާތު މިހާރު އޮންލައިންކޮށް ވެރިފައިކުރެވޭނެ
މީޓަރު ނަންބަރު ބޭނުންކޮށްގެން ފަސޭހަކަމާއެކު ކޭވައިސީ ފުރިހަމަކުރެވޭނެ އިންތިޒާމު އެ ކުންފުނިން ވަނީ ހަމަޖައްސާފައި.
މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން އައްޑޫ ސިޓީގެ ކަސްޓަމަރުންނަށް އޮންލައިންކޮށް ކޭވައިސީ މައުލޫމާތު ކަށަވަރުކުރެވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
އެމްޑަބްލިއުއެސްސީން ބުނި ގޮތުގައި، އެ ދެ ސަރަހައްދުގައި ދިރިއުޅޭ އެ ކުންފުނީގެ ކަސްޓަމަރުންނަށް މިހާރު ވަރަށް ފަސޭހަ މަދު ފިޔަވަޅުތަކެއްގެ ތެރެއިން ކަސްޓަމަރުންގެ މައުލޫމާތު ކަށަވަރުކުރުމުގެ މަސައްކަތް ފުރިހަމަކުރެވޭނެއެވެ.
މި ހިދުމަތް މެދުވެރިކޮށް އެކައުންޓުގެ މައުލޫމާތު ކަށަވަރުކުރުމަށްޓަކައި، އެ ކުންފުނީގެ ސޯޝަލް މީޑިއާ ބަޔޯގައި ހިމަނާފައިވާ ލިންކަށް ވަނުމަށް އެމްޑަބްލިއުއެސްސީން ވަނީ އިރުޝާދުދީފައެވެ. އެ ލިންކަށް ވަނުމަށްފަހު، ކަސްޓަމަރުގެ މީޓަރު ނަންބަރު ޖެހުމުން އެކައުންޓުގެ ތަފްސީލުތައް ފަސޭހަކަމާއެކު ކަށަވަރުކޮށްލެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މީގެ އިތުރުން، ކަސްޓަމަރުންގެ މައުލޫމާތު އަދި ކަށަވަރު ނުކުރާ ފަރާތްތަކުން މި ފުރުސަތުގެ ބޭނުންހިފުމަށް އެ ކުންފުނިން ވަނީ ހަނދާންކޮށްދީފައެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ބޭނުންވާ ކަސްޓަމަރުން، އެމްޑަބްލިއުއެސްސީގެ ހޮޓްލައިން ނަންބަރު 1575 އަށް ގުޅުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.