މީދޫ ކައުންސިލުން ކަނޑު އުޅަނދުފަހަރު ސާވޭކުރުމުގެ ހިދުމަތް ފޯރުކޮށްދެނީ
ކަނޑު އުޅަނދުފަހަރު ސާވޭކުރުމުގެ ހިދުމަތް ރަސްމީކޮށް ފޯރުކޮށްދެވޭނެ ކަމަށް އައްޑޫ މީދޫ ކައުންސިލުން ހާމަކޮށްފިއެވެ.
މީދޫ ކައުންސިލުން ބުނީ، ދާދިފަހުން ސަރުކާރުން ކުރިއަށްގެންދިޔަ އަތޮޅުތަކުގެ ސާވެޔަރުންނަށް ހާއްސަކޮށްގެން ސާވެޔަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމު އެ އިދާރާގެ މުވައްޒަފަކު ފުރިހަމަކޮށްފައިވާ ކަމަށެވެ.
މި މަހުގެ 22 އިން 26 އަށް އިގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ކުރިއަށްގެންދިޔަ ތަމްރީން ޕްރޮގްރާމް ފުރިހަމަކޮށް، ސަނަދު ހާސިލްކޮށްފައިވަނީ މީދޫ ކައުންސިލްގެ ހާބަރު އިންސްޕެކްޓަރު ޙަސަން ޙަމީދެވެ.
މިއާއެކު، ކުރިއަށް އޮތް ތާނގާއި މީދޫ ކައުންސިލުގެ ފަރާތުން ކަނޑު އުޅަނދުފަހަރު ސާވޭކުރުމުގެ ހިދުމަތް ފޯރުކޮށްދޭނެ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.