އައްޑޫ މީދޫ "ލާމަރުކަޒީ ދުވަސް 2026" ފާހަގަކުރުމަށް ހާއްސަ ހަފްލާއެއް ބާއްވަައިފިއެވެ.
މި ހަފްލާ ބާއްވާފައިވަނީ މީދޫ ކައުންސިލްގެ އިދާރާގައެވެ.

އައްޑޫ މީދޫ "ލާމަރުކަޒީ ދުވަސް 2026" ފާހަގަކުރުމަށް ހާއްސަ ހަފްލާއެއް ބާއްވަައިފިއެވެ.
މި ހަފްލާ ބާއްވާފައިވަނީ މީދޫ ކައުންސިލްގެ އިދާރާގައެވެ.
މިއީ ލާމަރުކަޒީ ނިޒާމްގެ ތެރެއިން، އައްޑޫ މީދޫގައި ވަކި ކައުންސިލެއް އުފެދުނުތާ 1 އަހަރު ފުރުން ފާހަގަކުރުމުގެ މުނާސަބަތުގައި ބޭއްވި ހަފްލާއެކެވެ.
މި ހަފްލާގައި ލާމަރުކަޒީ ދުވަސް ފާހަގަކުރުމުގެ ގޮތުން މީދޫ އަށް ހާއްސަ ލަވައެއް އިފްތިތާހުކޮށްފައިވެއެވެ.
މީގެއިތުރުން، މީދޫގައި ވެރިކަންކޮށްފައިވާ ބޭފުޅުންގެ ފޮޓޯފްރޭމްތައް ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި ހަރުކުރުން ކުރިއަށް ގެންގޮސްފައިވެއެވެ.