އައްޑޫ މީދޫ ކައުންސިލުން ބާއްވާ "އައްޑޫ މީދޫ ވެޓަރަންސް ވޮލީބޯލް ޓޯނަމަންޓް" މިރޭ ފަށާނެއެވެ.
މި މުބާރާތް ކުރިއަށްދާނީ މިއަދުން ފެށިގެން މި މަހުގެ 19 ގެ ނިޔަލަށެވެ.

އައްޑޫ މީދޫ ކައުންސިލުން ބާއްވާ "އައްޑޫ މީދޫ ވެޓަރަންސް ވޮލީބޯލް ޓޯނަމަންޓް" މިރޭ ފަށާނެއެވެ.
މި މުބާރާތް ކުރިއަށްދާނީ މިއަދުން ފެށިގެން މި މަހުގެ 19 ގެ ނިޔަލަށެވެ.
ލީގު އުސޫލުން ކުރިއަށްދާ މުބާރާތުގައި ބައިވެރިވެފައިވަނީ ހަތަރު ޓީމެވެ. އެއީ، ވޮލީ ޓައިޓަންސް، އަޔަން ފައިޓަރސް، ސްޕައިކް ފޯސް އަދި ނެޓް ކިންގްސްއެވެ.
މުބާރާތް ރޭވިފައިވާ ގޮތުން ލީގު ބުރަށްފަހު އެންމެ ކުރިހޯދާ ޓީމު ސީދާ ފައިނަލަށް ދާނެއެވެ. ފައިނަލުގެ ދެވަނަ ޖާގަ ކަނޑައެޅުމަށް ލީގުގެ ދެވަނަ އާއި ތިންވަނައަށްދާ ޓީމުގެ މެދުގައި ސެމީ ފައިނަލެއް ކުޅޭނެއެވެ. އެއަށްފަހު ފައިނަލުގެ ފަހު ޖާގަ ލިބޭނީ ސެމީގެ މެޗުން މޮޅުވާ ޓީމަކަށެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި މިރޭ 8:30 ގައި ވޮލީ ޓައިޓަންސް ނިކުންނާނީ އަޔަން ފައިޓަރސްއާ ދެކޮޅަށެވެ.
މި މުބާރާތުގެ ސެމީ ފައިނަލް މެޗު ކުޅޭނީ މި މަހުގެ 17 ގައެވެ.
މުބާރާތުގެ ޝަރަފުވެރި ފައިނަލް މެޗު އޮންނާނީ މި މަހުގެ 19 ވާ ބުރާސްފަތި ދުވަހުއެވެ.