މީދޫ ޓޫރިޒަމް ޒޯންގެ ޕްލޮޓްތަކަށް ބިން އިތުރުކޮށްދެނީ
އައްޑޫ މީދޫ ކައުންސިލްގެ ފުރަތަމަ ދައުރުގެ 23 ވަނަ ރަސްމީ ޖަލްސާއަށް ހުށަހެޅުނު އެކި މައްސަލަތަކާ މެދު މަޝްވަރާކޮށް، ބަހުސްކުރުމަށް ފަހު އެ ކައުންސިލުން މުހިންމު ނިންމުންތަކެއް ނިންމައިފިއެވެ.
މި ބައްދަލުވުމުގައި އައްޑޫ މީދޫ ޓޫރިޒަމް ޒޯން އީ ކެޓަގަރީގެ ޕްލޮޓް ތަކަށް ބިން އިތުރު ކޮށްދިނުމާއި ގުޅޭ ގޮތުން ވަނީ މުހިންމު މަޝްވަރާތަކެއް ކުރިއަށްގެންގޮސްފައެވެ.
އަދި، ކައުންސިލަށް ލިބޭ ލިޔު ކިޔުންތައް އެންޓްރީކޮށް، އެންމެ ރަނގަޅަށް ބެލެހެއްޓުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކޮށް، ގޮތެއް ނިންމާފައިވާކަން ފާހަގަކޮށްލެވެއެވެ.
މީގެއިތުރުން، އައްޑޫ މީދޫގެ ރައްޔިތުންނަށް ހުޅުވާލައިގެން ކައުންސިލުން ބާއްވާ "ވެޓެރަންސް ވޮލީ މުބާރާތް 2026" ގެ ގަވާއިދުވެސް މި ޖަލްސާގައި އެންޑޯޒްކޮށްފައިވެއެވެ.