ފޮތުން ހިތުދަސްކުރުމުގެ ބަދަލުގައި އަމަލީ މައިދާނަށް: ޑްރީމްޓައިމް ކަރިކިއުލަމް ތައާރަފުކުރާ އައު ވައްޓަފާޅި
ދަރިވަރުންގެ ޝަހުސިއްޔަތާއި އީޖާދީ ވިސްނުން ތަރައްގީކޮށް މުސްތަގުބަލަށް ތައްޔާރުކޮށްދޭ ތައުލީމީ ނިޒާމެއް
ކުލާސްރޫމުގެ ހަމަހިމޭންކަމުގެ ތެރޭގައި ދަރިވަރުން ތިބީ ފޮތްތަކަށް ބަލަހައްޓައިގެންނެވެ. ބޯޑުގައި ލިޔެފައިވާ ފިލާވަޅުތައް ނޯޓުފޮތަށް ނަކަލުކޮށް، ކުރިއަށް އޮތް އިމްތިހާނަށް އެ ފިލާވަޅުތައް ހިތުދަސްކުރުމަކީ ކޮންމެ ދުވަހެއްގެވެސް އާދައެވެ. ނަމަވެސް، ކިޔަވާ އެއްޗެއް އަމަލީ ދިރިއުޅުމުގައި ބޭނުންކުރާނެ ގޮތެއް ނޭނގި، ހަމައެކަނި ނަތީޖާ ކަރުދާހަކަށް އަމާޒުކޮށްގެން ކުރިއަށްދާ މި ވައްޓަފާޅިއަށް މިހާރު ބޮޑު ބަދަލެއް އަންނަން ވަނީ ފަށާފައެވެ.
ތައުލީމީ ދާއިރާއަށް އަންނަމުންދާ މި ބަދަލުތަކުގެ ތެރެއިން، ޑްރީމްޓައިމް ކަރިކިއުލަމްއިން ދަރިވަރުންގެ ޝަހުސިއްޔަތާއި އަމަލީ ހުނަރު ތަރައްގީކޮށްދޭ ފުރިހަމަ ނިޒާމެއް ތައާރަފުކުރެއެވެ. މި ނިޒާމު އަމާޒުކޮށްފައިވަނީ ހަމައެކަނި ފޮތުގެ އިލްމުން ހޯދާ ކާމިޔާބީއަކަށް ނޫނެވެ. އޭގެ ބަދަލުގައި ކުދިންގެ އީޖާދީ ވިސްނުމާއި، މައްސަލަތައް ހައްލުކުރުމުގެ ހުނަރާއި، ވާހަކަދެއްކުންތެރިކަމުގެ އިތުރުން ގުޅިގެން މަސައްކަތްކުރުމުގެ ގާބިލުކަން އިތުރުކޮށްދިނުމަށް މި އޮނިގަނޑުން މަގުފަހިކޮށްދެއެވެ. ފޮތުން މައުލޫމާތު ހޯދައިގެން ތިބުމުގެ ބަދަލުގައި، އަމަލީ ހަރަކާތްތަކާއި ޕްރޮޖެކްޓްތަކުގެ ތެރެއިން އަމިއްލައަށް ކަންކަން ތަޖުރިބާކޮށް ދަސްކުރާ، އަމިއްލަ ނަފުސަށް އިތުބާރުކުރާ އަދި ޒިންމާދާރު ލީޑަރުންތަކެއް ބިނާކުރުމަށް މި ކަރިކިއުލަމުން އިސްކަންދެއެވެ.
ޒަމާނުއްސުރެ އޮތް ތައުލީމީ ނިޒާމުތަކުގައި މައިގަނޑު އަމާޒަކަށް ވެފައި އޮންނަނީ މުގައްރަރު ނިންމައި، އިމްތިހާނުތަކަށް ކުދިން ތައްޔާރުކުރުމެވެ. ލީނާ އަޝަރު ތައާރަފުކުރި ކެންގަރޫ ކިޑްސް އަދި ބިލަބޮންގް ހައި ފަދަ ނިޒާމުތަކުންވެސް މަސައްކަތްކޮށްފައިވަނީ ހިތުދަސްކުރުމާއި މާކުހަށް ބަރޯސާވުމުގެ ސަގާފަތާ ދުރަށް ކުދިން ގެންގޮސް، ތަޖުރިބާގެ ތެރެއިން އުނގެނުމަށް މަގުފަހިކޮށްދިނުމަށެވެ. އިންޑިއާ، ދުބާއީ އަދި ދިވެހިރާއްޖެ ހިމެނޭހެން 17 ސިޓީއެއްގައި ފެތުރިގެންދިޔަ މި ފަލްސަފާއ ބޭނުންކޮށްގެން، ޑްރީމްޓައިމް ކަރިކިއުލަމުން އެ މަސައްކަތް އިތުރު ހަރުފަތަކަށް ގެންދެއެވެ. މި ނިޒާމުގައި އެންމެ ބޮޑު ސަމާލުކަމެއް ދެނީ ކުދިންނަށް އުނގެނޭ އެއްޗެއް ރަނގަޅަށް ފަހުމުވެ، އެ އިލްމެއް އަމަލީ ގޮތުން ބޭނުންކުރަން ދަސްކޮށްދިނުމަށެވެ.
ހަނދާނުގައި ހުންނަ މައުލޫމާތުކޮޅެއް ކަރުދާހަށް ތިރިކޮށްގެން އިމްތިހާނު ފާސްވުމުގެ ބަދަލުގައި، ސުވާލު އުފެއްދުމާއި، އަމިއްލައަށް ވިސްނައިގެން ހިޔާލުފާޅުކުރުމާއި، މައްސަލަތަކަށް ހައްލު ހޯދުމުގެ ފުރުސަތު ދަރިވަރުންނަށް ލިބެއެވެ. ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެއްކަން ދެނެގަނެ، އެ ކުއްޖެއްގެ އުނގެނުމުގެ ވައްޓަފާޅިއާއި ގާބިލުކަމަށް ރިއާޔަތްކޮށްގެން ފިލާވަޅުތައް ކުރިއަށްގެންދެއެވެ. ޑްރީމްޓައިމް ލާނިންގް އޭޝިއާގެ އޮނިގަނޑުގައި ބަޔާންކޮށްފައިވާ ގޮތުގައި، އޮންލައިން އިރުޝާދުތަކާއި ޕްރޮޖެކްޓްތަކުގެ އެހީގައި ކިޔަވައިދޭ މައިގަނޑު މާއްދާތަކުން ކުލާސްތަކަކީ ކުދިންނަށް މާ ބޮޑަށް ޝައުގުވެރި އަދި މާނަހުރި މާހައުލަކަށް ބަދަލުވެގެންދެއެވެ.
ކިޔަވައިދިނުމުގެ މި އައު ވައްޓަފާޅިއާއެކު ކުލާސްރޫމުގައި މުދައްރިސުން އަދާކުރާ ދައުރުވެސް މުޅިން ބަދަލުވެއެވެ. މުދައްރިސުންނަކީ ހަމައެކަނި ފިލާވަޅު ކިޔައިދީ މައުލޫމާތު ފޯރުކޮށްދޭ ބައެއްގެ ބަދަލުގައި، ކުދިންނަށް މަގުދައްކައިދީ، އެހީތެރިވެދޭ ފަރާތްތަކަކަށް ވެގެންދެއެވެ. ޑްރީމްޓައިމް ކަރިކިއުލަމްގައި މުދައްރިސުން ސިފަކުރެވެނީ ދަރިވަރުންނަށް ހިތްވަރުދޭ “ޗިއާ ލީޑަރުން” ގެ ގޮތުގައެވެ. މިގޮތަށް ކިޔަވައިދޭއިރު ދަރިވަރުންނަށް އަމިއްލަ ސިކުނޑި މަސައްކަތްކުރާ ގޮތް ދެނެގަނެވި، ކަންކަމަށް ސަމާލުކަން ދިނުމުގެ ގާބިލުކަން އިތުރުވެގެންދެއެވެ.
މި އައު އުސޫލުތަކަށް އަހުލުވެރިވުމަށްޓަކައި މުދައްރިސުންނަށް އިތުރު ރޭވުންތެރިކަމާއި ތަމްރީނު ބޭނުންވެއެވެ. ނަމަވެސް، މިއީ މުދައްރިސުންނަށްވެސް ފަންނީ ގޮތުން ކުރިއެރުން ހޯދުމަށް ލިބޭ ފުރުސަތެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި ގިނަ ޕްރީސްކޫލާއި ހައި ސްކޫލުގައި ބޭނުންކުރަމުންދާ މި ނިޒާމުގެ ޓީމުން މުދައްރިސުންނަށް ބޭނުންވާ ފުރިހަމަ ލަފަޔާއި އިރުޝާދު ފޯރުކޮށްދެއެވެ. އެ އެހީތެރިކަމާއެކު، ދަރިވަރުންގެ ކިބައިން ފެންނަ ކުރިއެރުމާއި، ކިޔެވުމަށް ހުންނަ ޝައުގުވެރިކަމާއި މިނިވަންކަން ފެނުމަކީ މުދައްރިސުންނަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމެވެ.
މި ނިޒާމުގެ އެންމެ މުހިންމު އަނެއް ބަޔަކީ ކުދިންގެ އިހުސާސްތައް ދެނެގަނެ، އެހެން މީހުންނަށް އަޅައިލަން ދަސްކޮށްދިނުމެވެ. ޖަޒުބާތީ ގޮތުން ދުޅަހެޔޮ، އަދި އިހުސާސްތަކަށް ކެތްތެރި ކުދިންތަކެއް ބިނާކުރުމަކީ ކާމިޔާބު މުސްތަގުބަލަކަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް މި ކަރިކިއުލަމުން ދެކެއެވެ. އެގޮތުން، ދުނިޔެއަށް ކުރިމަތިވެފައިވާ ތަފާތު ގޮންޖެހުންތަކާ ގުޅުވައިގެން، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް (ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސް، އެސްޑީޖީ) ގެ ޕްރޮޖެކްޓްތައް ހިންގައި، މުޖުތަމައަށް ފައިދާހުރި ކަންކަން ކުރުމަށް ދަރިވަރުން ތަމްރީނުކުރެއެވެ.
ޑްރީމްޓައިމް ކަރިކިއުލަމުން ގެނެސްދޭ ބަދަލަކީ ހަމައެކަނި ކިޔަވައިދޭ މާއްދާތަކަށް ގެންނަ ބަދަލެއް ނޫނެވެ. އެއީ އިލްމީ ގޮތުން ގާބިލު، އިޖުތިމާއީ ގޮތުން ޒިންމާދާރު، އަދި އަމިއްލަ ނަފުސަށް ފުރިހަމަ އިތުބާރު އޮތް ޖީލެއް ބިނާކުރުމަށް ކުދިން ކަންކަން ދަސްކުރާ ގޮތް މުޅިން ބަދަލުކޮށްލާ ނިޒާމެކެވެ.
*މިއީ އެޑްވަޓޯރިއަލް އުސޫލުން ޝާއިއުކޮށްފައިވާ ލިޔުމެކެވެ.