އައްޑޫގައި ބިމު ކުއްޔާއި ޓެކްސް މައާފުކުރުން ފަދަ ލުއިތައް ދޭން ރައީސް ނިންމަވައިފި

އައްޑޫ ސިޓީއަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރި (އެސްއެމްއީ) ގެ ޒޯނަކަށް ބަދަލުކުރަން ނިންމައި، ބޮޑެތި ލުއިތަކެއް ލިބޭ ޕައިލެޓް ޕްރޮޖެކްޓެއް 2027 ގައި ފަށާނެ.

މޯލްޑިވްސް އެކްސްޕޯ 2026 ގެ އިނާމު ދިނުމުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް
މޯލްޑިވްސް އެކްސްޕޯ 2026 ގެ އިނާމު ދިނުމުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

އައްޑޫ ސިޓީއަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރި (އެސްއެމްއީ) ގެ ޒޯނަކަށް ބަދަލުކުރަން ނިންމައި، ބޮޑެތި ލުއިތަކެއް ލިބޭ ޕައިލެޓް ޕްރޮޖެކްޓެއް އަންނަ ޖެނުއަރީގައި ފަށަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

މޯލްޑިވްސް އެކްސްޕޯ 2026 ގެ އިނާމު ދިނުމުގެ ޖަލްސާގައި ރައީސް ވިދާޅުވީ، ވަޒީފާ އިތުރުކޮށް އިގްތިސާދު ހަރުދަނާކުރުމަށް ފަށާ މި ޕްރޮގްރާމުގެ ފުރަތަމަ ޒޯނަކީ އައްޑޫ ކަމަށެވެ.

“އެގޮތަށް އަޅުގަނޑުމެން ފުރަތަމަ ޒޯނެއްގެ ގޮތުގައި ކަނޑަައަޅާނީ އައްޑޫ ސިޓީ. އައްޑޫ ސިޓީން ކަނޑައެޅިގެން މި ދަނީ 1 ޖެނުއަރީ އިން ފެށިގެން 3 އަހަރު ދުވަހަށް ވަރަށް ގިނަ ލުއިތައް ދެވިގެން އެސްއެމްއީ ސެކްޓާގައި. އައްޑޫ ސިޓީގައި ފިޒިކަލީ ގާއިމުވެގެން ތިބެގެން ވިޔަފާރިކުރުމަށްޓަކައި،” ރައީސް ވިދާޅުވިއެވެ. 

އެމަނިކުފާނު ވިދާޅުވި ގޮތުގައި، ދައުލަތުގެ ބިމެއްގައި ވިޔަފާރި ހިންގާ ނަމަ ބިމު ކުލި މާފުވުމާއި، އިންކަމް ޓެކްސްއާއި ވިޔަފާރިއަށް އެތެރެކުރާ ވެހިކަލްތަކުގެ ފީ ދައްކަން ނުޖެހުމުގެ އިތުރުން، 20-30 ކޯޓާއިން އަހަރީ ފީ ލުއިވާނެއެވެ.

“މިކަހަލަ ލުއިތައް ލިބިގެންދާނެ އައްޑޫ ސިޓީގައި ގާއިމުވެގެން ތިބެގެން އެސްއެމްއީ ވިޔަފާރިކުރާ ފަރާތްތަކަށް،” ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، ކުދި ވިޔަފާރިތަކަށް ޓެކްސް އޮފްސެޓް ކުރެވޭ ގޮތް ހެދުމާއި، ޖީއެސްޓީ ތްރެޝްހޯލްޑް 1.5 މިލިއަން ރުފިޔާއަށް ބަދަލުކުރުމާއި، 1 ޖެނުއަރީން ފެށިގެން ފަސް އަހަރަށް ރޯ މެޓީރިއަލްތަކުން އިމްޕޯޓް ޑިއުޓީ ކަނޑާލުމާއި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގޭޓްވޭ މެދުވެރިކޮށް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ ގޮތް ހަމަޖައްސާނެކަންވެސް ރައީސް އިއުލާންކުރެއްވިއެވެ.

ރައީސް މުޢިއްޒުރައީސްރައީސުލްޖުމްހޫރިއްޔާރައީސް ޑރ. މުޢިއްޒުމޯލްޑިވްސް އެކްސްޕޯ 2026ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު
ގުޅުންހުރި ޚަބަރު
ކޮމެންޓް 0