އެންމެ ބޮޑު އިސްކަމެއްދެނީ ކޮންމެ ރައްޔިތަކަށް އަމިއްލަ ބޯހިޔާވަހިކަމެއް ކަށަވަރުކޮށްދިނުމަށް: ރައީސް

"އެންމެ އިސްކަމެއް ދީގެން ކުރަމުންދާ ކަމަކީ ކޮންމެ ރައްޔިތަކަށް އަމިއްލަ ބޯހިޔާވަހިކަމެއް ކަށަވަރުކޮށްދިނުން"

އެންމެ ބޮޑު އިސްކަމެއްދެނީ ކޮންމެ ރައްޔިތަކަށް އަމިއްލަ ބޯހިޔާވަހިކަމެއް ކަށަވަރުކޮށްދިނުމަށް: ރައީސް

ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ، އަދި އެންމެ އިސްކަމެއް ދީގެން ކުރަމުންދާ އެންމެ ބޮޑު އެއް މަސައްކަތަކީ ކޮންމެ ދިވެހި ރައްޔިތަކަށްވެސް އަމިއްލަ ބޯހިޔާވަހިކަމެއް ކަށަވަރުކޮށްދިނުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، "ނޭޝަން ޗެޓް" ޕޮޑްކާސްޓް ސިލްސިލާގެ ހަވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރަސްމާލެ ތަރައްގީކުރުމުގެ މަޝްރޫއާއެކު ފެށިގެންދަނީ ބޯހިޔާވަހިކަމުގެ ރަންޒަމާނެއް ކަމަށާއި، ކުރިއަށް އޮތް ދެ އަހަރު ދުވަހަކީ، ތާރީހު ދެކެފައި ނުވާ މިންވަރަށް، ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދެވޭނެ ދުވަސްތަކެއް ކަމުގެ ޔަގީންކަން، ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މިވަގުތު ކުރިއަށްދާ އެންމެ ބޮޑު މަޝްރޫއުގެ މަސައްކަތްތަކާ ގުޅިގެން އެއްވެސް އަސާސެއް ނެތި މުޖުތަމައުގައި ފެތުރޭ ބައެއް އަޑުތަކާއި އެކަމުގެ ހަގީގަތުގެ މައްޗަށްވެސް ތަފްސީލީ ގޮތެއްގައި އަލިއަޅުއްވާލެއްވިއެވެ. 

ހުރިހާ ކަމަކާ ދެކޮޅަށް ތެދުވާ ބަޔަކު އުޅުނު ކަމުގައި ވީ ނަމަވެސް، ކަންކަމުގެ ރަނގަޅު ގޮތާއި ގޯސް ގޮތަކީ ކޮބައިތޯ ބަލާ، އެތަނުން ރަނގަޅު ގޮތް ހިޔާރުކުރާ ބަޔަކުވެސް މުޖުތަމައުގައި އުޅޭކަން ފާހަގަކުރައްވާ، މިފަދަ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ރިއާޔަތްކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރަސްމާލޭގައި ކުރިއަށްގެންދެވޭ ތަރައްގީގެ މަޝްރޫއުގެ ސަބަބުން، ރައްޔިތުން ކަންބޮޑުވާންޖެހޭ ސަބަބެއް ނެތް ކަމަށާ، މިކަމުގައި އޮތީ ފައިދާކަމުގެ ޔަގީންކަން ތަކުރާރުކުރައްވާފައެވެ.

ރައީސް މުޢިއްޒުރައީސްރައީސުލްޖުމްހޫރިއްޔާރައީސް ޑރ. މުޙައްމަދު މުޢިއްޒުރައީސް ޑރ. މުޢިއްޒުރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ގުޅުންހުރި ޚަބަރު
ކޮމެންޓް 0