ރައީސުލްޖުމްހޫރިއްޔާ، ބްރެޒިލްގެ ރައީސަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ، ބްރެޒިލްގެ ރައީސަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި

ބްރެޒިލްގައި ބޭއްވުނު އާންމު އިންތިހާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން، ފެޑެރޭޓިވް ރިޕަބްލިކް އޮފް ބްރެޒިލްގެ ރައީސް، ލުއިޒް އިނާސިއޯ ލޫލާ ދަ ސިލްވާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، އިންތިހާބު ކާމިޔާބުކުރައްވާ، ބްރެޒިލްގެ ވެރިކަމަށް ރައީސް ލޫލާ ދަ ސިލްވާ ހޮވިވަޑައިގަތުމާ ގުޅިގެން، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އެމަނިކުފާނަށް ވަނީ ތަހުނިޔާ ވިދާޅުވެފައެވެ.

މި ކާމިޔާބީއަކީ އެ ގައުމުގެ ރައްޔިތުން ރައީސް ލޫލާ ދަ ސިލްވާގެ ލީޑަރޝިޕަށް ކުރާ އިތުބާރު ހާމަކޮށްދޭ ހެއްކެއް ކަމަށާއި، އެ ގައުމަށް ހިދުމަތް ކުރެއްވުމުގައި އެމަނިކުފާނު ކުރައްވާ ބުރަ މަސައްކަތްޕުޅުގައި އިހުލާސްތެރިކަމާއި ސާބިތުކަމާއެކު ދެމިހުރުމަކީ ތައުރީފު ހައްގު ކަންކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފާހަގަކުރެއްވެވިއެވެ. އަދި ރައީސް ލޫލާ ދަ ސިލްވާ އައު ދައުރުގައި ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން ވަނީ، ރައީސް ލޫލާ ދަ ސިލްވާއަށް ފުރިހަމަ ސިއްހަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގެން، ބްރެޒިލްގެ ރައްޔިތުންނަށް ފާގަތިކަމާއި، ދެމެހެއްޓެނިވި ތަރައްގީއާއި ކުރިއެރުމަށް އެދިވަޑައިގެން ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.

ރައީސް މުޢިއްޒުރައީސްރައީސުލްޖުމްހޫރިއްޔާރައީސް ޑރ. މުޙައްމަދު މުޢިއްޒުރައީސް ޑރ. މުޢިއްޒު
ގުޅުންހުރި ޚަބަރު
ކޮމެންޓް 0