އެލްޖީއޭގެ ބޯޑުގެ އިންތިހާބު ކާމިޔާބުކުރެއްވި ކެންޑިޑޭޓުންނަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ

އެލްޖީއޭގެ ބޯޑުގެ އިންތިހާބު ކާމިޔާބުކުރެއްވި ކެންޑިޑޭޓުންނަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ

ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް މެމްބަރުން ހޮވުމަށް ބޭއްވީ އިންތިހާބު ކާމިޔާބުކުރެއްވި ކޮންގްރެސް ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ދެ ކެންޑިޑޭޓުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖުގައި ވިދާޅުވީ، ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން އެލްޖީއޭގެ ބޯޑަށް މެންބަރުން އިންތިހާބުކުރުމަށް މިއަދު ބޭއްވި އިންތިހާބު ކާމިޔާބުކުރެއްވި، ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް ޢަލީ އަހުމަދަށާއި، ށ. ފުނަދޫ އ.ތ.މ. ކޮމިޓީގެ ރައީސް އަލްފާޟިލާ މަރްޔަމް ޒީނާއަށް ވަރަށް ބޮޑަށް މަރުހަބާ ދަންނަވާ ކަމަށެވެ.

"ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ހިދުމަތްތަކާއި ފުރުސަތުތައް ލާމަރުކަޒުކޮށް، ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ އަގުވަޒަންކޮށް އެކަމަށް ބާރުދެއްވައި، ކޮންގްރެސް ޕާޓީގެ ފަރާތުން ވާދަކުރެއްވި ދެ ބޭފުޅުންނަށް ތާއީދުކުރައްވައި ވޯޓުދެއްވި ހުރިހާ ރަށު ކައުންސިލަރުންނަށާއި އ.ތ.މ. ކޮމިޓީތަކުގެ ރައީސުންނަށް ނުހަނު އިހުލާސްތެރިކަމާއެކު ޝުކުރުދަންނަވަން." ރައީސް ވިދާޅުވިއެވެ.

އަދި މި އިންތިހާބު ކާމިޔާބު ކުރުމުގައި ޕާޓީގެ ލީޑަރޝިޕާއި، ޢިއްޒަތްތެރި މަޖިލިސް މެންބަރުންނާއި، ހުރިހާ ދާއިރާތަކުގެ ރައީސުންނާއި، ސްޓިއަރިންގ ކޮމިޓީ ތަކުގެ ރައީސުންނާއި އެންމެހާ ފަރާތްތަކުން ކޮށްދެއްވި މަސައްކަތްޕުޅު ފާހަގަކުރައްވަމުން އެ ހުރިހާ ބޭފުޅުންނަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.  

ރައީސް މުޢިއްޒުރައީސްރައީސުލްޖުމްހޫރިއްޔާރައީސް ޑރ. މުޙައްމަދު މުޢިއްޒުރައީސް ޑރ. މުޢިއްޒުރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެލްޖީއޭއެލްޖީއޭ ބޯޑުޕީއެންސީކޮންގްރެސް ޕާޓީޕީޕަލްސް ނޭޝަނަލް ކޮންގްރެސްލޯކަލް ގަވަރމަންޓް އޮތޯރިޓީ
ގުޅުންހުރި ޚަބަރު
ކޮމެންޓް 0