ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒުގެ އެކި ވަނަތަކަށް ހޮވުނު ފަރާތްތަކަށް އެވޯޑް ދީފި
ރޭގެ ރަސްމިއްޔާތުގައި އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިކުރި އުފެއްދުންތަކުގެ ތެރެއިން އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދި 130 ފަރާތަކަށް، ޖުމްލަ 290 އެވޯޑެއް ވަނީ ހަވާލުކޮށްފަ.
"ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026" ގެ
ދާއިރާތަކުން ވަނަތަކަށް ހޮވުނު 130 ފަރާތަކަށް އެވޯޑު ހަވާލުކޮށްފިއެވެ.
ބާސެލޯ ނަސަންދުރާގައި ރޭ ބޭއްވި
"ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026" ގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
ރޭގެ ރަސްމިއްޔާތުގައި އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިކުރި އުފެއްދުންތަކުގެ ތެރެއިން އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދި 130 ފަރާތަކަށް، ޖުމްލަ 290 އެވޯޑެއް ވަނީ ހަވާލުކޮށްފައެވެ.
މި
މައުރަޒުގައި އެކި ދާއިރާތަކުން އަމިއްލަ ފަރުދުންނާއި، ވިޔަފާރިތަކާއި އަދި އެކި ޖަމިއްޔާ ޖަމާއަތްތައް ހިމެނޭހެން ޖުމްލަ 439 ބައިވެރިންގެ ފަރާތުން 4,434 އުފެއްދުމެއް ބައިވެރިކޮށްފައިވެއެވެ. މީގެ ތެރެއިން އެންމެ ގިނަ އުފެއްދުން ބައިވެރިކޮށްފައިވަނީ އަމިއްލަ ފަރުދުންނެވެ. އެއީ ޖުމްލަ އުފެއްދުންތަކުގެ 74.5 އިންސައްތަ ނުވަތަ 3,303 އުފެއްދުމެވެ.
މީގެއިތުރުން، ވިޔަފާރިތަކުން 764 އުފެއްދުމެއް ހުށަހަޅާފައިވާއިރު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން 254 އުފެއްދުމެއް ބައިވެރިކޮށްފައިވެއެވެ.
"ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026"
ރަސްމީކޮށް އިފްތިތާހުކުރުމަށް ހަމަޖެހިފައިވަނީ މިރެއެވެ. މުޅިއެކު ހަތް ޑިސްޓްރިކްޓްއެއް ހިމެނޭ ގޮތަށް، ހުޅުމާލޭ ސެންޓްރަލް ޕާކުގައި ނުވަ ދުވަހުގެ މުއްދަތަށް މި
މައުރަޒު ކުރިއަށްދާނެއެވެ.