ސްޕެއިންގައި ހިނގި ރޭލު އެކްސިޑެންޓާ ގުޅިގެން، ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

އެމަނިކުފާނުގެ މެސެޖުގައި، މި ހިތާމަވެރި ހާދިސާގެ ހަބަރު އެއްސެވީ ފުން ހިތާމައާއެކުގައި ކަމަށް ވިދާޅުވެ މިހާދިސާއާ ގުޅިގެން، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ސްޕެއިންގެ ސަރުކާރަށާއި ރައްޔިތުންނަށް އިހުލާސްތެރި ކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވޭ

ސްޕެއިނުގައި ހިނގި ރޭލު އެކްސިޑެންޓު. ފޮޓޯ: ރޮއިޓާސް
ސްޕެއިނުގައި ހިނގި ރޭލު އެކްސިޑެންޓު. ފޮޓޯ: ރޮއިޓާސް

ސްޕެއިންގެ ދެކުނުބިތުގައި ހިނގި ރޭލު އެކްސިޑެންޓެއްގައި ގިނަ ބަޔަކު މަރުވެ، އެތައް ބަޔަކު ޒަހަމްވި ހިތާމަވެރި ހާދިސާއާ ގުޅިގެން، ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

އެމަނިކުފާނުގެ މެސެޖުގައި، މި ހިތާމަވެރި ހާދިސާގެ ހަބަރު އެއްސެވީ ފުން ހިތާމައާއެކުގައި ކަމަށް ވިދާޅުވެ މިހާދިސާއާ ގުޅިގެން، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ސްޕެއިންގެ ސަރުކާރަށާއި ރައްޔިތުންނަށް އިހުލާސްތެރި ކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ.

މީގެއިތުރުން، މި ހާދިސާގައި ދުނިޔެ ދޫކޮށްފައިވާ ފަރާތްތަކުގެ އާއިލާތަކަށް ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދިވަޑައިގެން، އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައިވެއެވެ.

ރައީސް މުޢިއްޒުރައީސް ޑރ. މުޙައްމަދު މުޢިއްޒުރައީސް ޑރ. މުޢިއްޒުރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ގުޅުންހުރި ޚަބަރު
ކޮމެންޓް 0