ކައުންސިލާ އަލަށް ގުޅުނު މުވައްޒަފުންނަށް އޮރިއެންޓޭޝަން ޕްރޮގްރާމެއް ކުރިއަށްގެންގޮސްފި

އިދާރާގެ މަސައްކަތްތަކާއި ސިވިލް ސާވިސްގެ ގަވާއިދުތަކަށް މުވައްޒަފުން އަހުލުވެރިކުރުވައިފި

ކައުންސިލާ އަލަށް ގުޅުނު މުވައްޒަފުންނަށް އޮރިއެންޓޭޝަން ޕްރޮގްރާމެއް ކުރިއަށްގެންގޮސްފި

އައްޑޫ ސިޓީ ކައުންސިލަށް މި އަހަރު ވަޒީފާއާ އަލަށް ގުޅުނު މުވައްޒަފުންނަށް ހާއްސަކޮށްގެން އެ ކައުންސިލުން އޮރިއެންޓޭޝަން ޕްރޮގްރާމެއް ކުރިއަށްގެންގޮސްފިއެވެ. ކައުންސިލުން ބުނި ގޮތުގައި، މި ޕްރޮގްރާމަކީ އެ އިދާރާއާ އަލަށް ގުޅުނު މުވައްޒަފުންނަށް އިދާރީ ކަންކަން ހިނގާ ގޮތުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.

މި އޮރިއެންޓޭޝަން ޕްރޮގްރާމް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ކައުންސިލް އިދާރާގެ މަސައްކަތްތައް ކުރިއަށްދާ ގޮތް އާ މުވައްޒަފުންނަށް އޮޅުންފިލުވައިދިނުން ކަމަށް އެ އިދާރާއިން ބުންޏެވެ. މީގެ އިތުރުން، ކައުންސިލްގެ އެކި ޔުނިޓްތަކުން ހަވާލުވެގެން ކުރާ މައިގަނޑު މަސައްކަތްތަކާއި ޒިންމާތަކަށް މުވައްޒަފުން އަހުލުވެރިކުރުވުމަކީވެސް މި ޕްރޮގްރާމްގެ އަމާޒެއް ކަމަށް ކައުންސިލުން ފާހަގަކުރިއެވެ.

މި ޕްރޮގްރާމްގެ ތެރެއިން، ވަޒީފާއާ އަލަށް ގުޅުނު މުވައްޒަފުންނަށް ސިވިލް ސާވިސްގެ ގަވާއިދާ ގުޅޭ މައުލޫމާތުވެސް ވަނީ ދީފައެވެ. އެގޮތުން، މުވައްޒަފުންނަށް ސިވިލް ސާވިސްގެ ގަވާއިދު ކިޔައިދެއްވީ އައްޑޫ ސިޓީ ކައުންސިލްގެ ލީގަލް އޮފިސަރު އަލްއުސްތާޒް ހުސައިން ހަބީބުއެވެ.

އައްޑޫ ސިޓީ ކައުންސިލް
ގުޅުންހުރި ޚަބަރު
ކޮމެންޓް 0