ސ. ފޭދޫ ސްކޫލުގެ ހަތަރު ޓީޗަރެއް "ލީޑިންގ ޓީޗަރސް ވަރކްޝޮޕް"ގައި ބައިވެރިވެއްޖެ

ޏ. ފުވައްމުލަކުގައި ބޭއްވި މި ވަރކްޝޮޕްގައި ސްކޫލް ހިންގުމާއި ކިޔަވައިދިނުން ހަރުދަނާކުރުމާ ގުޅޭ މުހިންމު މައުލޫމާތު ދިން

ސ. ފޭދޫ ސްކޫލުގެ ހަތަރު ޓީޗަރެއް "ލީޑިންގ ޓީޗަރސް ވަރކްޝޮޕް"ގައި ބައިވެރިވެއްޖެ

އައްޑޫ ފޭދޫ ސްކޫލުގެ ހަތަރު ލީޑިންގ ޓީޗަރެއް "ލީޑިންގ ޓީޗަރސް ވާރކްޝޮޕް 2026"ގައި ބައިވެރިވެއްޖެއެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 31 އިން ނޮވެންބަރު 3 ގެ ނިޔަލަށް މި ވާރކްޝޮޕް ކުރިއަށްދިޔައީ ޏ. ފުވައްމުލަކުގައެވެ.

މި ވަރކްޝޮޕްގެ ތެރެއިން ލީޑަރޝިޕް ހަރުދަނާކުރުމާއި، ސްކޫލް ހިންގުމުގެ ދާއިރާ ކުރިއެރުވުމާ ގުޅޭ މުހިންމު މައުލޫމާތުތަކެއް ފޯރުކޮށްދީފައިވާ ކަމަށް ފޭދޫ ސްކޫލުން ބުނެފައިވެއެވެ. 

މީގެ އިތުރުން، ކިޔަވައިދިނުމުގެ ވައްޓަފާޅި އިތުރަށް ރަނގަޅުކޮށް ހަރުދަނާކުރުމަށް ބޭނުންކުރެވިދާނެ އުކުޅުތައްވެސް މި ވަރކްޝޮޕްގެ ބައިވެރިންނަށް އޮޅުންފިލުވައިދީފައިވާ ކަމަށް އެ ސްކޫލުން ފާހަގަކުރިއެވެ.

އައްޑޫއައްޑޫ ފޭދޫފޭދޫސ. ފޭދޫ ސްކޫލްއައްޑޫ ސްކޫލްލީޑިންގ ޓީޗަރސް ވަރކްޝޮޕްލީޑިންގ ޓީޗަރސް ވަރކްޝޮޕް 2026
ގުޅުންހުރި ޚަބަރު
ކޮމެންޓް 0