އައްޑޫ ހުޅުދޫގެ ރައްޔިތުންނާއެކު ހާއްސަ މަޝްވަރާ ބައްދަލުވުމެއް ބާއްވަން އައްޑޫ ހުޅުދޫ ކައުންސިލުން ނިންމައިފިއެވެ.
ހުޅުދޫ ކައުންސިލުން ބުނީ، މި ބައްދަލުވުން އޮންނާނީ މިރޭ 8:30 ގައި ހުޅުދޫ ކޮމިއުނިޓީ ސެންޓަރުގައި ކަމަށެވެ.

މި ބައްދަލުވުމަކީ، ހުޅުދޫގެ ކުރިއަށް އޮތް ފަސް އަހަރު (2027 - 2031) ދުވަހުގެ ތަރައްގީގެ ޕްލޭން އެކުލަވާލުމަށް މަޝްވަރާކުރުމުގެ ގޮތުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ބައްދަލުވުމެކެވެ.
އެހެންކަމުން، ހުޅުދޫގެ ވީހާވެސް ގިނަ ރައްޔިތުން މި ބައްދަލުވުމުގައި ބައިވެރިވުމަށް އައްޑޫ ހުޅުދޫ ކައުންސިލުން ވަނީ އެދިފައެވެ.