ހުޅުދޫގެ ފަސް އަހަރުގެ ތަރައްގީގެ ޕްލޭން އެކުލަވާލުމަށް ބޭއްވި ފުރަތަމަ ބައްދަލުވުން ކާމިޔާބު!

ހުޅުދޫގެ ފަސް އަހަރުގެ ތަރައްގީގެ ޕްލޭން އެކުލަވާލުމަށް ބޭއްވި ފުރަތަމަ ބައްދަލުވުން ކާމިޔާބު!

އަައްޑޫ ހުޅުދޫގެ ފަސް އަހަރުގެ ތަރައްގީގެ ޕްލޭން އެކުލަވާލުމަށް ހިޔާލު ހޯދުމަށް ބޭއްވި ފުރަތަމަ ބައްދަލުވުން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި ބައްދަލުވުން ބާއްވާފައިވަނީ މި މަހުގެ 7 ވީ ހޮނިހިރު ދުވަހުގައި ހުޅުދޫ ކޮމިއުނިޓީ ސެންޓަރުގައެވެ.

ހުޅުދޫގެ ކުރިއަށް އޮތް ފަސް އަހަރު (2027 - 2031) ދުވަހުގެ ތަރައްގީގެ ޕްލޭން އެކުލަވާލުމަށް މަޝްވަރާކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި، އެރަށުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ތަރައްގީގެ މަޝްރޫއުތަކުގެ ކޮންސެޕްޓް ޑިޒައިންވެސް ދައްކާލައިފައިވެއެވެ.

މީގެއިތުރުން، ހުޅުދޫ ރެޒިޑެންސީ ޕްރޮގްރާމާއި ގުޅޭ މައުލޫމާތުވެސް މި ބައްދަލުވުމުގައި ރައްޔިތުންނާއި ހިއްސާކޮށްފައިވެއެވެ. އޭގެތެރޭގައި، ހުޅުދޫގެ ދިގު މުއްދަތުގެ ފަތުރުވެރިކަމުގެ މަޝްރޫއު ކަމަށްވާ، ވަން އީކުއޭޓަރ ރެޒިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.

ހުޅުދޫ ކައުންސިލުގެ ތަރައްގީގެ ޕްލޭން އެކުލަވާލުމަށް ހިޔާލު ހޯދުމަށް ބޭއްވި މި ބައްދަލުވުމަށް ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. އަދި، ރައްޔިތުންނާ ގުޅުންހުރި މިފަދަ ކަންކަމަށް ދެއްވާ އެއްބާރުލުމަށް ކައުންސިލުން ވަނީ ޝުކުރު އަދާކޮށްފައެވެ.

އައްޑޫހުޅުދޫއައްޑޫ ހުޅުދޫތަރައްގީގެ ޕްލޭންހުޅުދޫގެ ފަސް އަހަރުގެ ތަރައްގީގެ ޕްލޭން
ގުޅުންހުރި ޚަބަރު
ކޮމެންޓް 0