މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ރިސޯޓަކުން މަރަދޫފޭދޫ މީހަކު ހައްޔަރުކޮށްފި

މި ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި، އެ ރިސޯޓުގެ ސީޕްލޭން ޕްލެޓްފޯމް މަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފަ

އައްޑު އަތޮޅު މަރަދޫ މަތިން ނަގާފައިވާ ފޮޓޯއެއް. ފައިލް ފޮޓޯ: ދައުރު
އައްޑު އަތޮޅު މަރަދޫ މަތިން ނަގާފައިވާ ފޮޓޯއެއް. ފައިލް ފޮޓޯ: ދައުރު

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ދ. އަތޮޅު ރިސޯޓެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި އައްޑޫ މަރަދޫފޭދޫ މީހަކު ހައްޔަރުކޮށްފިއެވެ.

ދ. އަތޮޅު ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ޗާނދަނީވިލާ / ސ. މަރަދޫފޭދޫ، ޙުސައިން ޒަމީރު ނާޞިރު (26އ) އެވެ.

މި ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި، އެ ރިސޯޓުގެ ސީޕްލޭން ޕްލެޓްފޯމް މަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައެވެ.

ފުލުހުންގެ ހިދުމަތުން ބުނީ، އޭނާ އަތުން ފެނުނު ތަކެތީގެ ވަގުތީ ބަރުދަނުގައި 27 ގުރާމް ހުރި ކަމަށެވެ.

މި މައްސަލައާ ގުޅިގެން ޙުސައިން ޒަމީރު ނާޞިރުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް، ވިއްކައި ވިޔަފާރިކުރާ ފަރާތްތަކާ ދެކޮޅަށް ކާމިޔާބު އޮޕަރޭޝަންތަކެއް ފުލުހުންދަނީ ހިންގަމުންނެވެ.

އައްޑޫ ސިޓީއައްޑޫފުލުހުންސ. މަރަދޫފޭދޫމަސްތުވާތަކެތި
ގުޅުންހުރި ޚަބަރު
ކޮމެންޓް 0