މަރަދޫ ސިއްހީ މަރުކަޒުގައި ދުންފަތާ ދުރުކޮށްދޭ ކްލިނިކް ނުވަތަ "ސްމޯކިން ސެސޭޝަން ކްލިނިކް"ގެ ހިދުމަތް ފަށައިފިއެވެ.
އެ މަރުކަޒުން ބުނި ގޮތުގައި، މި އާ ހިދުމަތަކީ ދުންފަތުން ސަލާމަތްވެފައިވާ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް އެޅި ފިޔަވަޅެކެވެ.
ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް ފަންނީ ލަފަޔާއި ކައުންސެލިން ދިނުމަށް ކޮންމެ ހޮނިހިރު ދުވަހަކު ޚިދުމަތް ދޭނެ.

މަރަދޫ ސިއްހީ މަރުކަޒުގައި ދުންފަތާ ދުރުކޮށްދޭ ކްލިނިކް ނުވަތަ "ސްމޯކިން ސެސޭޝަން ކްލިނިކް"ގެ ހިދުމަތް ފަށައިފިއެވެ.
އެ މަރުކަޒުން ބުނި ގޮތުގައި، މި އާ ހިދުމަތަކީ ދުންފަތުން ސަލާމަތްވެފައިވާ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް އެޅި ފިޔަވަޅެކެވެ.
މި ކްލިނިކްގެ މައިގަނޑު މަގުސަދަކީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް އެކަމަށް ބޭނުންވާ އެހީތެރިކަމާއި އިރުޝާދު ފޯރުކޮށްދިނުން ކަމަށް މަރަދޫ ޞިއްޙީ މަރުކަޒުން ބުންޏެވެ. އެގޮތުން، މި ކްލިނިކް މެދުވެރިކޮށް ފަންނީ ލަފަޔާއި، ކައުންސެލިން އަދި ދުންފަތާ ދުރުވުމަށް ކުރާ މަސައްކަތުގައި ދެމެހެއްޓެނިވި ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
ދުންފަތާ ދުރުވެ، ދުޅަހެޔޮ ދިރިއުޅުމަކަށް ކުރާ ދަތުރުގައި އެންމެން ގުޅިގެން އެއްބާރުލުން ދިނުމަށް އެ މަރުކަޒުން ވަނީ އެދިފައެވެ.
މަރަދޫ ޞިއްޙީ މަރުކަޒުން ބުނި ގޮތުގައި، ކޮންމެ ހޮނިހިރު ދުވަހެއްގެ ހަވީރު 4:00 އިން ފެށިގެން އެ ކްލިނިކުން ހިދުމަތް ލިބޭނެއެވެ.
ސަރުކާރުން ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ދަށުން، ދުންފަތާ ދުރުވުމަށް އެހީތެރިވެދޭ 'ސެޒޭޝަން ކްލިނިކް' ތަކުގެ ހިދުމަތް މިހާރު ވަނީ މުޅި ރާއްޖެއަށް ފުޅާކޮށްފައެވެ.