އައްޑޫ ސިޓީ މަރަދޫ ބިނާވެށި ޕްލޭނަށް ބަދަލު ގެނައުމަށްޓަކައި، އަވަށުގެ ރައްޔިތުންނާއެކު ހާއްސަ ބައްދަލުވުމެއް ބާއްވައިފިއެވެ.
މިއީ ބިނާވެށި ޕްލޭނަށް ބަދަލު ގެނައުމާ ގުޅޭގޮތުން އެ އަވަށުގެ ރައްޔިތުންނަށް ބޭއްވި ދެވަނަ ބައްދަލުވުމެވެ.

މަރަދޫ ކަސްޓަމްސް ހޯލުގައި ބޭއްވި މި ބައްދަލުވުމުގައި ބިނާވެށި ޕްލޭނަށް ބަދަލު ގެނައުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދާފައިވެއެވެ.
ރައްޔިތުންނާއެކު ކުރެވުނު މި މުހިންމު މަޝްވަރާތަކުން، ބިނާވެށި ޕްލޭނަށް ބިނާކުރަނިވި ރަނގަޅު ހިޔާލުތަކެއް ލިބިފައިވެއެވެ.
އަދި މި ބައްދަލުވުމަށް މަރަދޫ އަވަށުގެ ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނުއިރު، އެ އަވަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވާކަން ފާހަގަކޮށްލެވެއެވެ.