އައްޑޫ މީދޫ ކައުންސިލުން ޓްރާންސްޕޯޓް މިނިސްޓްރީއާ ބައްދަލުކުރަން މާލޭގައި

އައްޑޫ މީދޫ ކައުންސިލާއެކު އިގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ކުރިއަށްގެންދިޔަ ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: އިގުތިސާދީ ވުޒާރާ
އައްޑޫ މީދޫ ކައުންސިލާއެކު އިގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ކުރިއަށްގެންދިޔަ ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: އިގުތިސާދީ ވުޒާރާ

އައްޑު އަތޮޅު އައްޑޫ މީދޫ ކައުންސިލުން، އިގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ އިސްވެރިންނާ މާލޭގައި ބައްދަލުކޮށްފިއެވެ.

އިގުތިސާދީ ވުޒާރާގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވީ ސްޓޭޓް މިނިސްޓަރ ޢަބްދުﷲ ޝިޔާޒް އާއި ސްޓޭޓް މިނިސްޓަރ އިސްމާއީލް ރިފާއުއެވެ. އައްޑޫ މީދޫ ކައުންސިލްގެ ފަރާތުން ބައިވެރިވީ ކައުންސިލްގެ ނައިބު ރައީސް އަމީން ހާނީއާއި ކައުންސިލް މެންބަރު ރަޝީދާ އިބްރާހީމެވެ.

މި ބައްދަލުވުމުގައި އައްޑޫ މީދޫ ކައުންސިލްގެ ފަރާތުން ވަނީ، ޓްރާންސްޕޯޓް ހިދުމަތް ދިނުމުގައި ދިމާވާ މައްސަލަތަކަށް ހައްލު ހޯދުމަށްޓަކައި މަޝްވަރާކޮށްފައެވެ.

އައްޑުއަތޮޅު މީދޫ، އައްޑޫ ސިޓީން ވަކިވުމާ ގުޅިގެން، އެ ކައުންސިލުގެ ފަރާތުން ދެމުން އައި ޓްރާންސްޕޯޓާ ބެހޭ ހިދުމަތްތައް ކުރިއަށްގެންދިއުމާ ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވެއެވެ.

އައްޑޫ ސިޓީއައްޑޫއައްޑޫ މީދޫއައްޑޫ މީދޫ ކައުންސިލްއިގުތިސާދީ ވުޒާރާއިގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާ
ގުޅުންހުރި ޚަބަރު
ކޮމެންޓް 0