ހުޅުދޫ ޑަބްލިއުޑީސީ ބައި-އިލެކްޝަނުގެ ވޯޓުލުން ފަށައިފި

ހުޅުދޫ ކޮމިއުނިޓީ ސެންޓަރުގައި ގާއިމްކޮށްފައިވާ ވޯޓުލާ މަރުކަޒުގައި ވޯޓުލުން ކުރިއަށްދަނީ. ފޮޓޯ: އިލެކްޝަންސް
ހުޅުދޫ ކޮމިއުނިޓީ ސެންޓަރުގައި ގާއިމްކޮށްފައިވާ ވޯޓުލާ މަރުކަޒުގައި ވޯޓުލުން ކުރިއަށްދަނީ. ފޮޓޯ: އިލެކްޝަންސް

އައްޑޫ ހުޅުދޫ ޑަބްލިއުޑީސީ ބައި-އިލެކްޝަނުގެ ވޯޓުލުން ފަށައިފިއެވެ.

ހުޅުދޫ ޑަބްލިއުޑީސީއަށް މެންބަރެއް ހޮވުމުގެ ވޯޓުލުން ކުރިއަށްދާނީ މިއަދު ހަވީރު ހަތަރަކާ ހަަމައަށެވެ. 

މި އިންތިހާބުގައި ކޮންގްރެސް ޕާޓީގެ ފަރާތުން އައްޑޫ ހުޅުދޫ މި ބައި-އިލެކްޝަނުގައި ވާދަކުރަނީ ސ. ހުޅުދޫ، ސެލްޓަންގެ ފާޠިމަތު ނަބާހާ (ނައްބޫ)އެވެ. އެމްޑީޕީން ވާދަކުރަނީ ސ. ހުޅުދޫ، އަންބަރީގެ ފާޠިމަތު މުނީރެވެ.

މި ބައި-އިލެކްޝަނުގައި އައްޑޫ ހުޅުދޫ ދާއިރާއިން ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 2،903 އެވެ. 

ބައި-އިލެކްޝަނުގައި އައްޑޫގައި ބަހައްޓާފައިވަނީ ތިން ފޮއްޓެވެ. މި ތިން ފޮށިވެސް ބަހައްޓާފައިވަނީ ހުޅުދޫ ކޮމިއުނިޓީ ސެންޓަރުގައެވެ. މީގެއިތުރުން، މާލޭގައި ޖަމާލުއްދީން ސްކޫލުގައި ދެ ފޮއްޓާއި، ހުޅުމާލޭގައި ހުރިހާ ދާއިރާތަކަށް ހާއްސަކުރެވިފައިވާ ފޮއްޓަށްވެސް އައްޑޫ ހުޅުދޫ ރައްޔިތުންނަށް ވޯޓުލެވޭނެއެވެ.

މި އިންތިހާބުގެ ވަގުތީ ނަތީޖާ މިއަދުގެ ވަގުތެއްގައި އިއުލާނު ކުރުމަށް ހަމަޖެހިފައިވާއިރު، ރަސްމީ ނަތީޖާ އިއުލާނު ކުރުމަށް ކަނޑައަޅާފައިވަނީ 2026 ނޮވެންބަރު 30 ވާ ހޯމަ ދުވަހުއެވެ.

އައްޑޫބައި-އިލެކްޝަންއިލެކްޝަންސްއީސީހުޅުދޫ ޑަބްލިއުޑީސީއައްޑޫ ހުޅުދޫ ޑަބްލިއުޑީސީ
ގުޅުންހުރި ޚަބަރު
ކޮމެންޓް 0