އައްޑޫ މީދޫގެ މަސްޖިދުއްތަޤްވާގެ އާބާތުރަ ފިލުވައި މަރާމާތުގެ މަސައްކަތަކަށް ވަގުތީގޮތުން ބަންދުކޮށްފިއެވެ.
މީދޫ ކައުންސިލްގެ އިދާރާއިން ބުނީ، މިއަދުގެ ފަތިސް ނަމާދުން ފެށިގެން މަރާމާތުގެ މަސައްކަތްތަކެއް ކުރުމަށް މިސްކިތް ބަންދުކޮށްފައިވާ ކަމަށެވެ.
މަރާމާތުގެ މަސައްކަތަށްފަހު އަންނަ ބުރާސްފަތި ދުވަހު މިސްކިތް އަލުން ހުޅުވާނެ ކަމަށް ކައުންސިލުން ވަނީ ބުނެފަ.

އައްޑޫ މީދޫގެ މަސްޖިދުއްތަޤްވާގެ އާބާތުރަ ފިލުވައި މަރާމާތުގެ މަސައްކަތަކަށް ވަގުތީގޮތުން ބަންދުކޮށްފިއެވެ.
މީދޫ ކައުންސިލްގެ އިދާރާއިން ބުނީ، މިއަދުގެ ފަތިސް ނަމާދުން ފެށިގެން މަރާމާތުގެ މަސައްކަތްތަކެއް ކުރުމަށް މިސްކިތް ބަންދުކޮށްފައިވާ ކަމަށެވެ.
ކައުންސިލުން ބުނީ، މަރާމާތަށްފަހު އެ މިސްކިތް ދެން ހުޅުވާނީ އަންނަ ޑިސެންބަރު މަހުގެ 3 ވާ ބުރާސްފަތި ދުވަހު ކަމަށެވެ. އެގޮތުން، ޑިސެންބަރު 3 ވާ ބުރާސްފަތި ދުވަހުގެ އަސްރު ނަމާދު ވަގުތާ ހަމައަށް މަސްޖިދުއްތަޤްވާ ބަންދުވާނެ ކަމަށް ރައްޔިތުންގެ ސަމާލުކަމަށްޓަކައި އެ އިދާރާއިން ވަނީ އަންގާފައެވެ.
މި މުއްދަތުގައި މިސްކިތް ބަންދުކުރަނީ އެ މިސްކިތުގައި ކުރަންހުރި މުހިންމު މަރާމާތުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށެވެ.
މީގެ އިތުރުން، މިސްކިތުގެ އާބާތުރަ ފިލުވައި، ކުރިއަށް އޮތް ރަމަޟާން މަހަށް މިސްކިތް ތައްޔާރުކުރުމަކީވެސް މި މަސައްކަތުގެ ބައެއް ކަމަށް މީދޫ ކައުންސިލްގެ އިދާރާއިން ބުނެފައިވެއެވެ.