އައްޑޫގެ ސްކޫލްތަކަށް މިދިޔަ އަހަރަށް ވުރެ ބޮޑު ބަޖެޓެއް ކަނޑައަޅައިފި

މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީއު އައްޑޫ ސިޓީގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި އެކު ކުރިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން.

އައްޑޫގެ ސްކޫލްތަކަށް މިދިޔަ އަހަރަށް ވުރެ ބޮޑު ބަޖެޓެއް ކަނޑައަޅައިފި

ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހެޅި ބަޖެޓުގައި އެންމެ ބޮޑު އަދަދެއް ކަނޑައަޅާފައިވަނީ ޝަރަފުއްދީން ސްކޫލަށް

ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓުގައި އައްޑޫގެ ސްކޫލްތަކަށް މިދިޔަ އަހަރަށް ވުރެ ބޮޑު ބަޖެޓެއް ކަނޑައަޅައިފިއެވެ. މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެ އަތޮޅުގެ ގިނަ ސްކޫލްތަކަށް މި އަހަރު ކަނޑައަޅާފައިވާ ފައިސާގެ އަދަދު ވަނީ މިދިޔަ އަހަރާ އަޅައި ބަލާއިރު އިތުރުވެފައެވެ.

މި ބަޖެޓުގައި އައްޑޫގެ ސްކޫލްތަކުގެ ތެރެއިން އެންމެ ބޮޑު ބަޖެޓެއް ކަނޑައަޅާފައިވަނީ ޝަރަފުއްދީން ސްކޫލަށެވެ. އެ ސްކޫލަށް މިދިޔަ އަހަރު 45.4 މިލިއަން ރުފިޔާ ކަނޑައެޅިއިރު، މި އަހަރުގެ ބަޖެޓުގައި ވަނީ 46 މިލިއަން ރުފިޔާ ހިމަނާފައެވެ. މީގެ އިތުރުން، އައްޑޫ ހައި ސްކޫލަށް މިދިޔަ އަހަރު 26.5 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، މި އަހަރު އެ އަދަދު ވަނީ 31.8 މިލިއަން ރުފިޔާއަށް ބޮޑުކޮށްފައެވެ.

އެހެން ސްކޫލްތަކަށް ބަލާއިރު، ސ. އަތޮޅު މަދުރަސާއަށް މިދިޔަ އަހަރު 23.9 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، މި އަހަރު އެ ސްކޫލަށް ކަނޑައަޅާފައިވަނީ 24.3 މިލިއަން ރުފިޔާއެވެ. އަދި ފޭދޫ ސްކޫލަށް މިދިޔަ އަހަރު 24.7 މިލިއަން ރުފިޔާ ކަނޑައެޅި ނަމަވެސް، މި އަހަރުގެ ބަޖެޓުގައި އެ ސްކޫލަށް ވަނީ 25.1 މިލިއަން ރުފިޔާ ކަނޑައަޅާފައެވެ.

ހިތަދޫ ސްކޫލަށް މިދިޔަ އަހަރު 38.3 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައެޅިއިރު، މި އަހަރު އެ ސްކޫލަށް ކަނޑައަޅާފައިވަނީ 37.5 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، މި އަހަރުގެ ބަޖެޓުގައި މަރަދޫ ސްކޫލަށް 20.5 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، އިރުޝާދިއްޔާ ސްކޫލަށް 20.3 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

އައްޑޫ ސިޓީއައްޑޫގެ ސްކޫލްތަކަށް
ގުޅުންހުރި ޚަބަރު
ކޮމެންޓް 0