މުބާރާތުގެ ޗެމްޕިއަންކަން ފެލްކަންސް އިން ހޯދީ ފައިނަލުގައި ހިތަދޫއަށް ނިސްބަތްވާ މެދުވަލު ޔޫތު ލީޑިން ސްޕޯޓްސް ކްލަބް (މައިލޯ ކްލަބް) ގެ މައްޗަށް 14-20 އިން ކުރި ހޯދައިގެންނެވެ.
ޖުމްލަ 6 ޓީމު ވާދަކުރި މުބާރާތުގެ ފައިނަލަށް މައިލޯ ކްލަބް އާއި ފެލްކަންސް އިން ވެސް ދަތުރުކުރީ މުބާރާތުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްގެންނެވެ.
ރޭގެ މެޗްގެ ފުރަތަމަ ކޮޅުގައި ވަރަށް ވާދަވެރިކޮށް ފެނުނު ނަމަވެސް، މެޗުގެ މެދުތެރެއަކާޢި ހިސާބުން ފެލްކަންސް އިން ވަނީ ލީޑް ފުޅާކޮށް ހަމަޖެހިލާފައެވެ.
މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ، ކުއީން އޮފް ދި ޓޯނަމަންޓް އަށް ހޮވިފައިވަނީ ފެލްކަންސްގެ ސުދާ ކާމިލެވެ.






